ފާނަ މިޔަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފާނަ މިޔަރު

ފާނަ މިޔަރު(އިނގިރޭސި ބަހުން: Triaenodon obesus)ނުވަތަ (އިނގިރޭސި ބަހުން: Whitetip reef shark) އަކީ މިޔަރުގެ ވައްތަރެކެވެ. ފާނަ މިޔަރަކީ އިންޑިޔާ ކަނޑު އަދި ޕެސިފިކް ކަނޑުގެ ތިލަ ހިސާބު ތަކުން އެންމެ އާއްމުކޮށް ފެންނަ މިޔަރުގެ ވައްތަރެވެ. ފާނަ މިޔަރުގެ ބުރަކަށީގެ ފުރަތަމަ ކޮތަރި ގަނޑުގެ ނިމޭ ކޮޅާއި، އަދި ނިގޫފަތް ކޮތަރިގަނޑު ނިމޭކޮޅު ހުންނަނީ ހުދުކުލައަށެވެ. އިގިރޭސި ބަހުން (އިނގިރޭސި ބަހުން: Whitetip reef shark)މިހެން ކިޔަނީ މިސަބަބާ ހުރެއެވެ. ފާނަ މިޔަރުގެ ހަށިގަނޑުގެ މަތީބައި ހުންނަ އަޅި-މުށި ކުލައަކަށެވެ.

ފާނަ މިޔަރުގެ ދިގުމިން އެވްރެޖް ގޮތެއްގައި ހުންނަނީ 160-140 ސެންޓިމީޓަރާއި ދެމެދުގައެވެ. ނަމަވެސް މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ދިގު ފާނަ މިޔަރުގެ ދިގު މިނުގައި 244 ސެންޓިމީޓަރު ހުރިއެވެ.

ފާނަ މިޔަރު އާއްމުކޮށް ކައިއުޅެނީ މަހާއި، ބޯވަ ފަދަ ތަކެތި އެވެ.