ފަޔަރ ނޭޝަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Avatar: The Last Airbender Fire Nation
ފަޔަރ ނޭޝަންގެ ދިދަ އަދި ނިޝާން
Fire Nation ފަޔަރ ނޭޝަން
ފަޔާރ ނޭޝަން ގެ މަޤްސަދު އެއް ވެރިއެއްގެ ބާރުގެ ދަށައް ދުނިޔެ ގެނައުން
މިހާރުގެ ފަޔާރ ލޯރޑް ފަޔަރ ލޯރޑް އޯޒާއި
ލަޝްކަރީ ވެރިޔާ އެޑްމިރަލް ޒާއޯ
(Zhao)
ފާހަނގަ ކޮއްލެވޭ ޝަހްސިއްޔަތުތައް އަޒޫލާ
ފަޔަރ ލޯރޑް އަޒޫލޯން
އައިރޯ
ޒޫކޯ
ބަހުރުވަ އިނގިރޭސި

ފަޔާރ ނޭޝަން އަކީ ޚިޔާލީ ކާރޓޫނެއް ކަމުގައިވާ އެވަޓާރ - ދަ ލާސްޓް އެއަރ ބެންޑަރ ގެ ހަތަރު ޤައުމުގެ ތެރެއިން ބާރުގަދަ އެއް ޤައުމެވެ. މިޤައުމުގެ ރައްޔިތުންނަކީ އިރުގެ ދޯދިން އަލިފާން އުފައްދާ އެ އަލިފާން ކޮންޓްރޯލު ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެކެވެ. އަދި މީގެތެރެއިން މަދު މީސްކޮޅަކަށް ހޮނު (lightning) އުފައްދައި އޭގެ ބޭނުން ހިފަން އިގެއެވެ.

ޤައުމީ ނިޝާން[އުނިއިތުރު ގެންނަވާ]

ފަޔާރ ނޭޝަންގެ ޤައުމީ ނިޝާން އަކީ ކަރުނަ ތިއްކެއްގެ ބައްޓަމައް އިންނަ އަލިފާން ކޮޅެކެވެ.މި ނިޝާން ހެދިފައިވަނީ މީގައިވާ އަލިފާންކޮޅުން ކުރީ ޒަމާނުގައި ރަސްރަސްކަލުން ގެންގުޅުއްވި އަނިޔާވެރި ޙަތިޔާރެއްގެ ދަތްގަނޑު ދޭހަވާކަހަލަ ގޮތަކަށެވެ. ފަޔާރ ނޭޝަންގެ އެކިއެކި އަސްކަރީ އުޅަނދު ތަކުގަޔާއި ހަނގުރާމަ މަތީ މަނަވަރު ތަކުގައި އަދި މި ޤައުމުގެ ދިދައިގާވެސް މި ނީޝާން ކުރަހާފައި ވެއެވެ. ހަމައެހެންމެ ރިޔާސީ އާއިލާގެ އެކިއެކި މެމްބަރުންނާއި ފަޔާރ ނޭޝަންގެ އަސްކަރީ ލަޝްކަރުގެ މަތީމަޤާމު ތަކުގައި ތިއްބަވާ ބައެއް ވެރިން މިނިޝާން ބޮލުގައި ޖަހާފައިވާ ހުޅީގައި ތުރުކުރައްވައެވެ.އަޒޫލާ، ފަޔަރ ލޯރޑް އަޒޫލޯން، ފަޔަރ ލޯރޑް އޯރޒާއި، ލޫ ޓެންއާއި އަރސާ މިނިޝާން ތުރުކުރައްވާ ބައެއް ބޭފުޅުންގެ ތެރޭގައި ގުނާލެވެއެވެ.

ފަޔަރ ނޭޝަންގެ ބައެއް ވެރިން.

ޘަޤާފަތް[އުނިއިތުރު ގެންނަވާ]

ފަޔާރ ނޭޝަންގެ ގިނަ ނަންތަކުގައި "ޒ" ބޭނުން ކޮއްފައިވާކަން ފާހަގަ ކޮއްލެވެއެވެ. މިސާލް: ޒޫކޯ، އަޒޫލާ، އަޒޫލޯން، އޯރޒާއި. ކާޓޫނުގައި ދައްކާ ފަދައިން މި ޤައުމުގެ މީހުންގެ ހިތުގައި ފަޔަރ ލޯރޑާ ދޭތެރޭގައި ޤާދަރާއި އިޙްތިރާމް އުފެއްދުން ވަނީ ޒަމާނުއްސުރެއް ކުރެވެމުން އަންނަ ކަމަކަށެވެ. ކުޑަކުދިންގެ ޕަޕެޓް ޝޯވ އެއްގައި އޯޒާއި ޤައުމީ ބަތޮލެއްގެ ގޮތުގައި ދައްކާފައިވާ މަންޒަރުން މިކަން ވަރައް ރަނގަޅަށް ދޭހަ ވެގެން ދެއެވެ.
ބަލާބެލުމުން ފަޔާރ ނޭޝަންގެ ރައްޔިތުންނަކީ ކުޅި އެއްޗެއްސައް ލޯބިކުރާ ބައެއްކަން އެނގެއެވެ. ކާޓޫނުގައި ކާން ގެންގުޅުނު ކާނާގެ ނަން މިކަމައް އެދެވޭ ހެކިތަކެއް ކަމުގައި ދެކެމެވެ. (ފަޔަރ ފްލޭކްސް، ސިޒްލް ކްރިސްޕްސް.)
ފަޔާރ ނޭޝަންއާބެހޭ ހުރިހާ ލިއެކިއުމެއް މިބައިމީހުން ނައްތާލުމުގެ ސަބަބުން، މިހާހިސާބައް އާދެވުނުއިރު ފަޔާރ ނޭޝަންގެ ވެރިރައް، އާބާދީ، ޘަޤާފަތް އަދި ޖޯގުރަފީގޮން މިޤައުމު އޮންނަތަން ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

ސަރުކާރު[އުނިއިތުރު ގެންނަވާ]

ފަޔަރ ލޯރޑުގެ ތަޙްތު.
ފަޔަރ ލޯރޑް އޯރޒާއި.

ފަޔާރ ނޭޝަންގައި މިހާރު ވެރިކަން ކުރަނީ ޙުދެމުޙޮތާރު ވެރިއެއްކަމުގައިވާ އޯރޒާއިއެވެ. މީނާ އައިސްފައި ވަނީ އަލިފާން ހަތިޔާރެއްގެ ގޮތުގައި ބޭންކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އާއިލާއަކުންނެވެ. ފަޔާރ ނޭޝަންގައި ހިންގަމުންދަނީ ޑިކްޓޭޓާރ ނިޒާމަށެވެ. އަދި މިޤައުމު، އަނެއް ތިންޤައުމާ ހަނގުރާމައިގައި އޮންނަތާ އެއްގަރުނު ވެއްޖެއެވެ. މިހަނގުރާމައިގެ ބޭނުމަކީ ހުރިހާ ޤައުމެއް އަޅުވެތިކޮށް، މުޅިދުނިޔޭގެ ވެރިކަން ފަޔާރ ލޯރޑަށް ހޯދައިދިނުމެވެ.
މިހާހިސާބައް އައިއިރު ފަޔާރ ނޭޝަން ވަނީ ވައި ބޭނުން ގޮތަކަށް ބައްޓަންކޮއް ކޮންޓުރޯލް ކުރާ އެއާރ ނޯމެޑްސް އާއި ފެން ބޭނުން ގޮތަކަށް ބައްޓަންކޮއް ކޮންޓުރޯލް ކުރާ ސަދަން ވޯޓާރ ޓްރައިބް ގެ ޤައުމުގެ މައްޗައް ވެރިވެ މި ދެޤައުމު ނެތުމުގެ ތެރެއައް ފޮނުވާލާފައެވެ.

އަސްކަރީ ލަޝްކަރުތައް[އުނިއިތުރު ގެންނަވާ]

ފަޔާރ ލޯރޑް ހަނގުރާމަޔާބެހޭ ކަންކަމުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާކޮޓަރި.

ފަޔާރ ނޭޝަންއަކީ އަސްކަރީގޮތުން އެންމެ ބާރުގަދަ ޤައުމެވެ. އާދަޔާޙިލާފު ބޮޑު ގިނިހިލައެއްގެ ބޭނުންކޮއްގެން މިމީހުން ވަނީ ހަނގުރާމަ ފެށުނުތާ ކައިރީ އެއާރ ނޯމެޑްސް ބަލިކޮއް، ނައްތާލާފައެވެ. މިހާރު އެއްފަހަރާ ދެޤައުމާ ހަނގުރާމަ ކުރަމުންދާ ފަޔާރ ނޭޝަން އަދިވެސް ދަނީ ހަނގުރާމައިގައި އަތްގަދަކުރަމުންނެވެ. ނަސްރު ހޯފަމުންނެވެ. އަދި އެވެޓާރ މިހަނގުރާމައިގައި ފަޔާރ ނޭޝަންއާއި ދެކޮޅައް ނުނިކުމެއްޖެ ނަމަ، މިދެޤައުމު ބަލިކޮއް ފަޔާރ ނޭޝަން ކާމިޔާބީ ހޯދާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. މިހާރު "ވޯޓާރ ޓްރައިބް" ގައި ހަނގުރާމައަށް ނުކުންނާނޭ ލަޝްކަރެއް ނެތެވެ. ހަމައެހެންމެ، އާރތް ކިންގްޑޮމް ގައިވެސް މިފަދަ ބާރެއްނެތެވެ.

ފަޔާރ ނޭޝަންގެ އަސްކަރީ ލަޝްކަރު.

ސިފައިން[އުނިއިތުރު ގެންނަވާ]

މިއަސްކަރީ ލަޝްކަރުގައި އެކުލެވިގެން ވަނީ ދެބާވަތެއްގެ ސިފައިންނެވެ. މީގެތެރެއިން އެއްބަޔަކީ ލޮންސި، އައްޑަނަ އަދި ކަނޑި ހިފައިގެންތިބޭ އާދައިގެ މީހުނެވެ، އަދި އަނެއްބަޔަކީ އިރުގެ ދޯދިން އަލިފާން އުފައްފައު، އެ އަލިފާން ކޮންޓްރޯލު ކުރުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެކެވެ. މީގެތެރެއިން މިޙާއްސަ ހުނަރުލިބިފައިވާ މީހުން ތިބެނީ ކައްބޮލާ ވައްތަރުކޮއް ހަދާފައިވާ މޫނުމަތިތަކެއް އަޅައިގެންނެވެ. ނަމަވެސް ވަރީންގެ ޙައިސިއްޔަތުގައި ތިބޭ ބޭފުޅުން މި މޫނުމަތި ނާޅުއްވާކަން ފާހަކަކުރެވެއެވެ. އަލިފާނުން ހަމަލާދޭ ސިފައިން ބޮލުގައި އަޅާނީ ހެލްމެޓެކެވެ. އަދި އާދައިގެ ސިފައިން އަޅަނީ ކޯނެއްހެން އިންނަ ހެލްމެޓެކެވެ.

މީގެތެރޭގައި ކޮމޯޑޯ ރައިނޯއޭ ކިޔާ ބާވަތުގެ ޖަނަވާރައް ސަވާރުވެ ހަމަލާދޭ ބަޔަކުވެސް ހިމެނެއެވެ. މިޖަނަވާރަކީ ކޮމޯޑޯ ޑްރެގަން އަކަށާއި ރައިނޯސޯރަސް އަކަށް ލިބިފައިވާ ދަރި ގަނަވާރެވެ. މީގައި ތިން ދަޅާއި ދިގު ނަގުލެއް އިނދެއެވެ. މި ލަޝްކަރުގައިވާ މިބާވަތުގެ ހުރިހާ ޖަނަވާރެއްގައި ވެސް ވަނީ އަސްކަރީ ހެދުމާއި ސަލާމަތީ އައްޑަނަތައް އެޅުވިފައެވެ. މިޖަނަވާރު އާންމުގޮތެއްގައި ބޭނުން ކުރެވެނީ މީހުން އުފުލަންށާއި ގާޑިޔާ ދެމުމަށެވެ. އަދި ހަމައެހެންމެ ދުޝްމަނުން ބިރުގެންނެވުމަށް ވެސް ބޭނުންކުރެއެވެ.

ފަޔާރ ނޭޝަންގެ ލަޝްކަރުގައި ދަގަނޑު ޓޭންކަރުވެސް އެކުލެވެއެވެ. މިޓޭންކަރުތަކުގައި ބާގަނޑު ތަކެއް ކަނޑާފައި ވެއެވެ. މީގެބޭނުމަކީ އަލިފާން ބޯޅަ އުކުމެވެ، އަދި ތަންތާ ވަރުގަދަޔައް ވަކި ހިއްޕާލެވޭ ބުޅިތަކެއް ދޫކުރުމެވެ. މި ޓޭންކަރުތައް އުފައްދާފައި ވަނީ ފުރޮޅު ބަރިޔާ މައިގަނޑަ ދުރުދުރުގައެވެ. މީގެބޭނުމަކީ ދުޝްމަނުން މި އުޅަނދު ނުފުށަށް ޖެހިޔަސް އަމިއްލަޔަށް ރަނގަރު ފުށަށް ޖެހުމެވެ. ނަމަވެސް މި ޓޭންކަރުތައްވަނީ ފެނާދެކޮޅަށް ގަދަފަދަކަން ދައްކަން ނުކުޅެދިފައެވެ.

ޔޫ ޔަން ރުމާލުން[އުނިއިތުރު ގެންނަވާ]

ފަޔާރ ނޭޝަން ލަޝްކަރުގެ މީހަކު ތީރު އަމާޒުކުރާ މަންޒަރު

ޔޫ ޔަން ރުމާލުންނަކީ ކާނަލް ޝިނޫގެ ހަވާލުގެދަށުގައިވާ ވަރަށް ކުޅަދާނަ އަދި ހަމައެހާމެ އަމާޒު ޒުވާން ކުދިންކޮޅެކެވެ. ޒާއޯ ބުނާގޮތުންނަމަ މެއްސެއް މަރާނުލާ ގަހަކަށް މެއްސާއެކު 100ޔާޑު ދުރުން ތީރުޖަހާލުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ބަޔެކެވެ. މިމީހުންގެ ހުނަރުވެރިކަމުގެ ހެކިދައްކީދޭ ދަލީލަކީ މިމީހުން އެވެޓާރ ހިފާ ހައްޔަރުކުރިކަމެވެ. ނަމަވެސް އެވެޓާރގެ ކުޅަދާނަކަމުން ކޮންމެފަހަރަކުވެސް ފިލައިގެއްދަނީއެވެ.

ޖަޕާނުބަހުން ޝިނޫގެ މާނައަކީ "މަރުވާން" މިއެވެ.

ކަނޑުމަތީގެ ލަޝްކަރު[އުނިއިތުރު ގެންނަވާ]

ފަޔާރ ނޭޝަންގެ ކަނޑުމަތީ ލަޝްކަރުގެ ބައެއް އުޅަނދު.

ފަޔާރ ނޭޝަންގެ ކަނޑުމަތީ ލަޝްކަރުގެ އުޅަނދުތައް ހަދައިފައިވަނީ ދެލިން ހަކަތަ ދޭގޮތަށެވެ. އަދި އުޅަނދު ބަނދެފައިވަނީ ދަގަނޑުންނެވެ. މީގެ ފޮރުވިފައިވާ ސިއްރަކީ އާރތް ކިންގްޑޮމް ގެ ސިފައިންނަށް އެބައިމީހުންގެ ބާރުބޭނުންކޮށްގެން މިމަނަވަރުތައް ހަލާކުނުކުރެވޭގޮތް ހެދުމެވެ. މިއުޅަނދުތައް ބޭނުންކުރަނީ ސިފައިން އުފުލުމަށާއި އެއްތަނުން އަނެއްތަނައް ބޮން އުފުލުމެވެ.
މި ކާޓޫނުގެ އެއް ބައިގައި އާރތް ކިންގްޑޮމް ގެ ސިފައިންގެ ބަޔަކު ހައްޔަރުކޮށް، ގަދަކަމުން މިމަނަވަރުތަކުގައި މަސައްކަތް ކުރުވިއެވެ. އަދި މިއުޅަނދުތައް ހަދާފައިވަނީ ދަގަނޑުން ކަމަށްވާތީ އެމީހުން ހިތްވަރުގެއްލީ ކަރުއެލުވާލިއެވެ.


އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]