ފަޓާސް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފަޓާހަކީ ބޯކަރުދާހުން އޮޅާފާ އޮންނަ ހޮޅިއަކަށް ބަޑިބޭސް އަޅާ މެދަށް ފީތާއެއް ލާފައި އޮންނަ އެއްޗެކެވެ. އެފީތާގައި އަލިފާން ރޯކުރުމުން ގޮވާ ގޮތަށް ހަދާފައި އޮންނަ ކުޑައެއްޗެކެވެ. މިއީ ކުޅިވަރު މަޖަލަށް ބޭނުންކުރާ އެއްޗެކެވެ. ޗައިނާޔާއި އިންޑިޔާގެ ފައްޅިތަކުގައި އެމީހުންގެ އަޅުކަމުގެ ވަގުތު ޖެހިއްޖެކަން އެންގުމުގެ ގޮތުން ނާއި ތަފާތު ފެސްޓިވަލްތައް ފާހަގަ ކުރުމުގެ ގޮތުންވެސް ފަޓާސް ޖަހައެވެ. ފަޓާސް ޖެހުމޭ އެބުނެވެނީ ފަޓާހުގެ ފީތާގައި ރޯކޮށް ގޮއްވާލުމަށެވެ. މިގޮއްވާލުމުން ބަރަށް ބާރު އަޑެއް އިވިގެން ދެއެވެ. ނަމަވެސް ފަޓާހަކީ އެހާ ނުރައްކާތެރި އެއްޗެއްނޫނެވެ. ފަޓާހަކީ ބަޑިބޭހުގެ ކުޅިވަރުގެތެރޭގައި ހިމެނޭއެއްޗެކެވެ. އިގިރޭސިބަހުން ބަޑިބޭހުގެ ކުޅިވަރަށް ޕައިރޯޓެކްނިކްސް ނުވަތަ ފަޔަރވޯކް އޭވެސް ކިޔައެވެ. ފަޔަރ ވޯކްގެ ތެރޭގައި ފަޓާހުގެ އިތުރަށް ހަވާ ކިޔާ އެއްޗަކާއި ފައިދަށު ފުރޭތަޔާ، އަލިނަރު ފަދަ އެއްޗެތި ހިމެނެއެވެ.



ފަޓާސް އުފެދުން

ފަޓާސް އެންމެ ފުރަތަމަ އުފައްދާ ބޭނުން ކުރިކަމުގައި ވަނީ 12 ވަނަ ގަރުނުގައި ގަދީމީޗައިނާގައެވެ. ތާރީހީ ލިޔުންތަކުގައި ވާގޮތުން ޗައިނާގައި ބަޑިބޭސް އީޖާދުކޮށް ބޭނުން ކުރަން ފެށީ ނުބައި ރޫހުތަކުންނާއި ޖިންނީގެ ކިބައިން ސަލާމަތްވެ އެއްޗެހި ބިރުގެންނެވުމަށެވެ.

udeylia 07:47, 25 މެއި 2010 (UTC)