ފަސީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަސީ

އަޙްމަދު ފަސީޙު، އާއްމުކޮށް ކިޔާ ނަމުންނަމަ ފަސީ އަކީ މިއުޒިކީ އާއިލާ އަކަށް އުފަން ދިވެހި ރައްޔިތެކެވެ. އެނގިފައިވާ މަޢުލޫމާތުން އަޅުގަނޑުމެންނަށް އެނގެނީ ފަސީގެ ފުރަތަމަ ގިޓާރ ފިލާވަޅު ނަގައިފައިވަނީ މީނާގެ އުމުރުން ހަމަ އެންމެ 4 އަހަރުގައިކަމެވެ. ފަސީގެ މިޔުޒިކީ ހަޔާތުގެ ފެށުންކަމުގައި ބެލެވެނީ މީނާގެ މަދަރުސީ ހަޔާތުގައި ގިޓާ ކުޅުމުގެ ރޮނގުންނާއި ލަވަކިޔުމުގެ ރޮނގުން ލިބިފައިވާ ފާހަނަގަ ކޮށްލެވޭ ކާމިޔާބީ ތަކެވެ. މަދަރުސީ ދަޢުރު ނިމިގެން އައި ދުވަސްވަރު ފަސީ އަށް އެންމެ ސަމާލުކަމެއް ދެވުނީ "ހެވީ މެޓަލް" މިޔުޒިކަށް ކަމުގައިވެއެވެ.

ދިވެހި ޒުވާނުންގެ މެދުގައި "ހެވީ މެޓަލް" އާއި "ރޮކް މިޔުޒިކް" މަޝްހޫރު ކޮށް ދިން ޒުވާނަކީ ފަސީ އޭ ބުންޏަސް އެ ވާހަކަ ދޮގު ކުރާނެ މީހަކު ހުންނާނެ ކަމަށް އަޅުގަނޑު ނުދެކެމެވެ. ދިވެހި ރާއްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ "ރޮކް މިޔުޒިކް" ޝޯވ، ޕެއިންޓެޑް ސައުންޑް އިލޫޝަން (Painted Sound Illusion) ރާވައި އިންތިޒާމް ކޮށްފައި ވަނީ ވެސް ފަސީއެވެ. އަޙްމަދު ފަސީޙް އަކީ ދިވެހި ޒުވާނުންގެ މެދުގައި ނަމޫނާ އެއް ކަމުގައި ބެލެވޭ ލާމަސީލު ޒުވާނެކެވެ.

ފަސީގެ ހަޔާތުގައި އެއްމެ ފާހަނގަ ކޮށްލެވޭ ކާމިޔާބީއެއްގެ ގޮތުގައި އޭނާ ދެކެނީ ލަންޑަން ގައި ބޭއްވުނު އެމަރޖެންޒަރ ފެސްޓިވަލް (Emergenza festival ) ގައި ފެބްރުއަރީ 2006ގައި އޭނާ ކުޅުނު ޝޯވ އެވެ.

ފަސީގެ ބޭންޑް (ފަސީ ލައިވް)[އުނިއިތުރު ގެންނަވާ]

ކަނާތުން ވާތަށް: އިއްބެ، އައްޑޮ، ފަސީ (ފަސީ ލައިވް)

ފަސީގެ ބޭންޑް އުފެދިފައިވަނީ 2004 ގަ މެލޭޝިޔާ ގައެވެ. ފަސީ، ބެންޑުގެ އެންމެ މައި މީހާ ވަނީ މީގެ ކުރީގައި އެތަށް ބޭންޑަކަށް ކުޅެދީފައެވެ. އައްޑިހައިގެ އަހަރު ތަކު ގައި ފަސީ ސްކޫލުން ފަށައިގެންނެވެ. އޭރަށް ފަހު ދިވެހިރާއްޖޭގެ އެތަށް ބޭންޑަކާއި އެއްކޮށް އެކި ބާވަތުގެ މިއުޒިކު ވަނީ ކުޅެފައެވެ.

1996 ގައި ފަސީ މެލޭޝިއާއަށް ދިރިއުޅުން ބަދަލުކޮލިއެވެ. ކިޔެވުމަށެވެ. އެތާގައި ވަރަށް ގިނަ މެލޭޝިޔާ ގެ ފަންނާނުންނާއި އެކު ފަސީ ކުޅުނެވެ. ސްޓޫޑިއޯ ގަޔާއި ލައިވް ކޮންނެވެ. އެންމެ ފަހުން ގޮސް ފަސީގެ އަމިއްލަ ބޭންޑެއް އުފައްދާ ގަޑި ޖެހުނީ އެވެ. އެންމެ ފުރަތަމަ ފަސީ ބޭންޑުގައި އުޅުނީ ރިފޫ ކިޔާ ދިވެހި ބޭސިސްޓެކެވެ. އަދި ޑިސްޓާ ކިޔާ އިންޑޮނޭޝިއަން ޑްރަމަރެކެވެ. މިބޭންޑު މެލޭޝިއާގެ އެކި ކްލަބް ތަކުގައި އާދައިގެ މަތިން ރޮކް، މެޓަލް އަދި ބްލޫސް މިއުޒިކް ކުޅެމުން ގެންދިޔައެވެ.

ފަސީގެ ތިންވަނަ އަލްބަމް، ކްރޫސިންގ ނެރުނީ މެލޭޝިޔާގެ މައްޝޫރު ކުލަބެއް ކަމުގައި ވާ ބެކްޔާޑް ޕަބުގައެވެ. އޭރު ބޭސް ކުޅުނީ އައްޔަ އެވެ. އަދި ޑްރަމްސް ކުޅުނީ އިއްބެ އެވެ. މިއަށް ފަހު މިބޭންޑް ވަރަށް ގިނަ ތަންތާގައި ކުޅެން ފަށިއެވެ. ޝޮޕިންގ މޯލް ތަކުގަޔާއި ޕަވާރ ރިކޯޑް އައުޓުލެޓް ތަކުގަޔާއި މައްޝޫރު ޕަބް ތަކުގަޔާއި އެކި އެކި މިއުޒިކް ފެސްޓިވަލް ތަކުގައެވެ.

މިހާރު ފަސީގެ ބޭންޑުގައި ތިބެނީ އިލްސައިޓުގެ ކުރީގެ ބޭސް ކުޅުންތެރިޔާ، އައްޑޮ، އާއި ޑްރަމަރަކަށް އިއްބެ އަދި ފަސީއެވެ. މިބޭންޑަށް މިހާރު ކިޔަނީ ފަސީ ލައިވް އެވެ.

އިއްބެ[އުނިއިތުރު ގެންނަވާ]

އިއްބެ

އައްޑޮ[އުނިއިތުރު ގެންނަވާ]

އައްޑޮ

މިޒުވާން ފަންނާނު އިޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ އިލްސައިޓް ނަމަކަށް ކިއުނު ބޭންޑުންނެވެ. މީނާ އަކީ އެބޭންޑުގެ ބޭސް ގިޓަލިސްޓެވެ.