ފަޅޯ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ފަޅޮލުގައި ހިމެނޭ ޞިއްޙީ ފައިދާތައް[އުނިއިތުރު ގެންނަވާ]

ފަޅޮލުގައި ހިމެނޭ ފައިބަރު ގޮހޮރުގައި ހުންނަ ކެންސަރު ޖައްސާ ވިހަތަކާއި ތަތްވެ، އެވިހަތައް ގޮހޮރާއި ގާތްވިޔަނުދީ ހިފަހައްޓައިދެއެވެ. މީގެ އިތުރުން ފޮލިކް އެސިޑް، ވިޓަމިން ބީ، ވިޓަމިން ސީ، އަދި ބީޓާ ކެރޮޓީން އެކުލެވުމުގެ ސަބަބުން ފަޅޯ ކެއުމުން ގޮހޮރުގެ ކެންސަރު ޖެހުން ކުޑަކޮށްދެއެވެ.

ފަޅޮލުގައި ބީޓާ ކްރިޕްޓޯޒެންތިން ކިޔާ މާއްދާއެއް ވެސް އެކުލެވިގެން ވެއެވެ. މިބުނި މާއްދާ ހަށިގަނޑަށް ދަމަނީ ފެޓް އެކުލެވޭ ކާނާއާއި އެކުގައި ބޭނުންކުރުމުން ކަމަށްވާތީ ބޮޑަށް އެދެވިގެންވަނީ ވަކިން ފަޅޯ ކެއުމަށްވުރެ އެހެން އެއްޗިއްސާއެކު ފަޅޯ ކެއުމެވެ. ފަޅޮލުގައި ފައިބަރު އެކުލެވިގެންވާތީ ފަޅޯ ކެއުމުން ހަށިގަނޑުގައި ހުންނަ ނުރަގަޅު ކޮލެސްޓީރޯލްގެ ބައި މަދުކޮށްދެއެވެ.

ފަޅޮލުގައި ބާރު ގަދަ 3 އެންޓި އޮކްސިޑެންޓެއް އެކުލެވިގެން ވެއެވެ. އެއީ ވިޓަމިން ސީ ، ވިޓަމިން އީ އަދި ބީޓާ ކެރޮޓީން އެވެ. މިބުނި މާއްދާތަކުގެ ސަބަބުން ކޮލެސްޓީރޯލް އޮކްސިޑައިޒް ވުމަށް ހުރަސް އަޅައެވެ. ކޮލެސްޓީރޯލް އޮކްސިޑައިޒް ވެގެން މެނުވީ ލޭހޮޅީގެ ފާރުގައި ކޮބަނޑި ގަނޑެއްގެ ސިފަޔަށް ތަތްވެ، ޖަމާއެއް ނުވާނެއެވެ. މިބުނި ގޮތަށް ލޭހޮޅީގެ ފާރުގައި ކޮލެސްޓީރޯލް ޖަމާވެއްޖެނަމަ ލޭހޮޅި ހަރުވުން ކުރިމަތިވެދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ތަފާތު މައްސަލަތައް ފެންމަތި ކުރުވައެވެ. އެހެން ކަމުން ފަޅޯ ގިނައިން ކާނަމަ ހިތުގެ މިފަދަ މައްސަލަތަކުން މިންޖު ކޮށްދެއެވެ.

ފަޅޮލުގައި އެކުލެވޭ އެންޒައިމްތަކުގެ ސަބަބުން އާދައިގެ އިންފްލެމޭޝަން ތަކުން ހަށިގަނޑު ހިމާޔަތްކޮށްދީ އަދި ފިހިފައި ހުންނަ ތަންތަން ފަސޭހަވެ ރަގަޅުވުމަށް މަގުފަހި ވެއެވެ. ހުޅުތައް ދުޅަވުން، އަރިދަފުސް ރޯގާ އަދި މިނޫނަސް ތަފާތު ބަލިތަކުން މިންޖުވުމަށް ފަޅޮލުގައި އެކުލެވޭ މާއްދާތައް އެހީތެރި ވެދެއެވެ. މައިދާއަށް ކުރިމަތިވާ މައްސަލަތަކުގެ ތެރެއިން ބަނޑުގައި ވައިހެދުން، ބަނޑު ހިކުން، ބަނޑުގައި އެސިޑް ޖަމާވުން، ފަދަ ކަންތަކަށް ފަރުވާއަކަށް ފަޅޯ ފުދެއެވެ.