ފަޅު ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ފަޅު ރޮނޑު

ފަޅު ރޮނޑު(ސައިންޓިފިކް ނަން: Sufflamen chrysopterus)ނުވަތަ (އިނގިރޭސި ބަހުން: White Tip Trigger Fish)އަކީ ރާއްޖޭގެ ތިލަ ފަޅުފަޅު ގައްޔާއި، ރަށްރަށުގެ ފަރުފަރުގެ ބޭރުމަތީން ވަރަށް ގިނައިން ހިފޭ ބާވަތެކެވެ. މިރޮނޑު އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ. ކުދިބުޅީގައި އެންއަޅައިގެން ނަނުފައްތައިގެން ދުވާލު ކުރާ މަސްވެރިކަމުގައި މިބާވަތް ބޭނެއެވެ. އެހެނިހެން ބައެއް ރޮނޑުތަކާ އެއްގޮތަށް، މިރޮނޑުވެސް ފަހައިގަތުމުން އަވަހަށް ދުވެގޮސް ހަރެއްގެ ތެރެއަށް ވަދެ، ފުރަތަމަ ކޮަތަރިބައިގެ ވަރުގަދަ އަޅުވާލައެވެ. އަދި މީގެ ސަބަބުން މިމަސް ހަރުން ބޭރަށް ދަމައިގަތުމަކީ އުދަގޫ ކަމެކެވެ. މިއީ ރާއްޖޭގެ މީހުން ކައިއުޅޭ މީރު މަހެކެވެ.

ފަޅު ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 26 އާއި 28އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. އަދި މަހުގެ ލޮލުގެ ކުރީގައި ކުޑަކޮށް އަޑިވެލާފައި ހުންނަ ތަންކޮޅެއް ހުރެއެވެ. މަހުގެ ބޮލާއި މުޅި ހަށިގަނޑުގައި ވަރަށް ހަރު ހުޅުނބުތަކެއް ހުރެއެވެ. ބޮލުގެ ހުޅުނބުތައް ހަށިގަނޑުގެ އެހެން ބައިތަކުގައި ހުންނަ ހުޅުނބުތަކަށްވުރެ ކުއްޖެވެ. މަހުގެ ކުލައަކީ މުށިކުލައެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގެ ދެކަށީގެ ދެމެދުގައި ހުންނަ ހަންފަށުގެ މަތީބައިގެ ކުލަ ތިރީބައިގެ ކުލައަށްވުރެ ގަދަ އެވެ. މަހުގެ މަތީބައިގެ ދެވަނަ ކޮތަރިބައި އަދި ބަނޑުދަށް ފަރާތުގެ ދެވަނަ ކޮތަރިބަޔާއި، ކަންފަތް ގަނޑު ހުންނަނީ ރީނދޫ ކުލައެއްގައެވެ. މަހުގެ ނިގޫފަތުގެ މަތީ ކައިރިޔާއި، ތިރީ ކައިރި ހުންނަނީ ހުދު ކުލައިގައެވެ. އަދި ނިގޫފަތުގެ ކޮޅުވެސް ހުންނަނީ ހުދުކުލައިގައެވެ. މަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕެވެ.