ފަންސޫރު މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ފަންސޫރު މަސް (ސައިންޓިފިކް ނަން: Plagiotremus rhinorhynchos)ނުވަތަ (އިނގިރޭސި ބަހުން: Bluestripped fangblenny)އަކީ ވެންފުންނަ އާއިލާގެ މަހެކެވެ. ނަމަވެސް ގިނަ ވެންފުންނަތަކާއި ޚިލާފަށް މިބާވަތް އުޅެނީ ފަރުފަޅުތަކުގެ ބޭރުތޮށީގެ ގަލާއި މުރަކަތަކުގެ މާހައުލުގައެވެ. މިބާވަތް މޫދުވިނަ ހެދިފައި ހުންނަ ހިސާބުތަކުގައި ވެސް އުޅެއެވެ. މިއީ ރާއްޖޭގެ މަސްވެރިން އެންހިފާއިރު އެމުގެތެރޭގައި ހިފޭ ބާވަތެކެވެ. މިއީ ކެއުމަށް ބޭނުންކޮށް އުޅޭ ބާވަތެއް ނޫނެވެ. މަހުގެ އަނގައިގައި ވަރަށް ވަރުގަދައަށް ހެދިފައި ހުންނަ ދަތްތަކެއް ހުރެއެވެ. މިދަތްތަކުން ވަރަށް ބާރަށް ދައިގަނެ ހަދައެވެ. މަހުގެ މަތީ ކޮތަރިބައި މަހުގެ ކަރުތާފަތްގަނޑުގެ ފަހަތުން ފެށިގެން ދިގުކޮށް މަހުގެ ނިގޫފަތާއި ވަރަށް ކައިރިއަށް ހުރެއެވެ. މަހުގެ އަރިމަތީގައި ހުދުކުލައިގެ ފުޅާ ދެރޮނގު ހުރެއެވެ. މިދެރޮނގު ދޭތެރޭގެ ކުލައަކީ ނޫމުށި ކުލައެކެވެ. ކޮތަރިތަކުގެ ކުލައަކީ ފަނޑުރީނދޫ ކުލައެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 އާއި 12 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 2 ހަރުކައްޓާއެކު 29 އާއި 33 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މިމަސް ކައިހަދަނީ އޭގެ ދަތްތަކުން އެކިއެކި މަސްމަހުގައި ދައިގަނެގެންނެވެ. މިގޮތަށް ދައިގަންނައިރު ހުޅުނބުވެސް ނައްޓައިގެން ކައިހަދާކަމަށް ވެއެވެ. މިމަސް އެންމެ ބޮޑުވަނީ 11 ސެންޓި މީޓަރަށެވެ.