ފަންގަނޑު ތޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ފަންގަނޑު ތޮޅި

ފަންގަނޑު ތޮޅި (ސައިންޓިފިކް ނަން: Alepisaurus ferox)ނުވަތަ (އިނގިރޭސި ބަހުން: Longnose lancetfish)އަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ އަތޮޅުން ބޭރު މާކަނޑުތަކުގައި ދިރިއުޅޭ މަހެކެވެ. ދިވެހި މަސްވެރިންނަށް މިމަސް ފެނިފައި ހުންނަނީ ވަރަށް މަދުންނެވެ. ސަބަބަކީ ދިވެހިންގެ މަސްވެރިކަމުގައި ބޭނޭ ބާވަތަކަށް ނުވާކަމެވެ. އަދި މިއީ ފުން ހިސާބުތަކުގައި އުޅޭ މަހަކަށްވާތީ އެވެ. މިބާވަތުގެ މަސް ވަރަށް މަދުމަދުން އަތޮޅުން ބޭރުގައި ކުރާ ލޭނުގެ މަސްވެރިކަމުގައި ހިފައިފައި ހުރެއެވެ.

ފަންގަނޑު ތޮޅި އަކީ ފަތިކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި، ތުނބަށް ހިމައެވެ. އަނގައިގެ މަތީބައިގައި ވަރަށް ވަރުގަދަ ތޫނު ދަތްތަކެއް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައި ފެށިފައި ހުންނަނީ ކަރުތާފަތުގެ ފަހަތު ކައިރިފަށަށްވުރެ، ކުރީކޮޅުންނެވެ. މިކޮތަރިބައި ހުންނަނީ ފަންގަނޑެއްގެ ސިފައިގައެވެ. މިއީ އެހެނިހެން މަސްމަހާއި ޚިލާފަށް ބަނޑުދަށްފަރާތު ކޮތަރިބައި ވަރަށް ފަހަތުގައި ހުންނަ އަދި މަހުގެ ކަންފަތް ވެސް ބަނޑުދަށް ފަރާތުގައި ހުންނަ މަހެކެވެ. ނިގޫފަތް ހުންނަނީ ކަފިކޮށެވެ. މަހުގެ ކުލައަކީ މުށި އަޅިކުލަ އެވެ. މަހުގެ ދެފަރާތުގައި ވިދުން ހުންނަ ތިކިތަކެއް ހުރެއެވެ. ނަމަވެސް ފަންގަނޑުގައި ތިއްކެއް ނުހުރެއެވެ. މިތޮޅި އެންމެ ބޮޑުވަނީ 2 މީޓަރަށެވެ.

މިމަހަށް ކިޔާ ވަކިން ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު، މަހުގައި ހުންނަ އެންމެ ޚާއްޞަ އެއް ސިފަކަމުގައިވާ ފަންގަނޑު އާއި ގުޅުވައިގެން ފަންގަނޑު ތޮޅި ކިޔައި މިމަހަށް ނަންދެވިފައިވަނީ އެވެ.


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]