ފަންވަތް:History of/12

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • 02 ޑިސެމްބަރު - 1907 :- މިއަލަނި މިސްކިތުގެ ދެކުނުގައި ހެންވޭރުގެ ކުދިންނަށް ގުރުއާން، ތާނަ، ހިސާބު ދަސްކޮށް ދިނުމަށް މަދަރުސަތުލް އިބްތިދާއިއްޔާގެ ނަމުގައި މަދަރުސާއެއް ހުޅުވުން.
  • 05 ޑިސެމްބަރު - 1492 :- ފުރަތަމަ ފަހަރަށް ވިލާތުގެ ރައްޔިތަކު ހިސްޕަނިޔޯލާގައި ފިޔަވަޅު އެޅުން. އެއީ ކްރިސްޓޮފާރ ކޮލަމްބަސް އެވެ.
  • 05 ޑިސެމްބަރު - 1958 :- މާލޭގައި ފުރަތަމަ ދެމިސްކިތެއްގައި ހުކުރު ކުރުން އެއީ ހުކުރު މިސްކިތް އަދި ދަރުމަވަންތަ ރަސްގެފާނުގެ މިސްކިތެވެ.
  • 09 ޑިސެމްބަރު - 1931 :- ސްޕެއިންގެ ސަރުކާރު ޖުމްހޫރިއްޔަތަކަށްވުން.
  • 10 ޑިސެމްބަރު - 1942 :- ބޮޑު އިސްޓޯރ ހުޅުވުން. މިތަން ހުޅުވައިދެއްވީ އޭރުގެ ޓްރޭޑް މިނިސްޓަރ މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ.
  • 10 ޑިސެމްބަރު - 1967 :- އަތޮޅުތައް ވަކިކުރުމަށް ހުންނަ ތާނަ އަކުރުގެ ބަދަލުގައި އިގިރޭސި އަކުރު ޖަހަން ފެށުން.
  • 10 ޑިސެމްބަރު - 1981 :- ތާނަ ދެ ޓައިޕްރައިޓަރ އުފެއްދުމަށް ސްވިޒްލޭންޑް ހާމީޒް ޕްރެސް އާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދެމެދު އެއްބަސްވުން.
  • 16 ޑިސެމްބަރު - 1915 :- އަލްބާޓް އައިންސްޓައިން، އޭނާގެ ރިލަޓިވިޓީގެ ޢާންމު ނަޒަރިއްޔާ ޝާޢިއުކުރުން.
  • 20 ޑިސެމްބަރު - 1949 :- ދިވެހިރާއްޖޭގެ އިމާރާތެއްގައި ފުރަތަމަ ފަހަރަށް ކަރަންޓްލުން. އެއީ ނާދީ ތަމައްދުން ގައެވެ.