Jump to content

ފަންވަތް:Featured picture/2024-07-1

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖޯން އެޑަމްސް
ޖޯން އެޑަމްސް

ޖޯން އެޑަމްސް އަކީ އެމެރިކާގެ ދެވަނަ ރައީސެވެ. އޭނާ ރައީސް ކަން ކުރައްވާފައިވަނީ 1797 ން 1801 އަށެވެ. 1800 ވަނަ އަހަރުގެ އިންގިލާބާއި ގުޅިގެން ބޭއްވުނު އިންތިޚާބުގައި ތޯމަސް ޖެފަރސަން އާއި ވާދަ ކުރައްވައި ބަލިވެ ވަޑައިގެންނެވި އެވެ. ޖޯން އެޑަމްސް އަކީ އެެމެރިކާގެ ފުރަތަމަ ރިޔާސީ ދައުރުގެ ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނާއިބު ރައީސް ކަމުގައި 1789ން 1797 އަށް ހުންނެވި އެވެ. 30 އޮކްޓޯބަރު 1735 ގައި އުފަންވެ ވަޑައިގަތް ޖޯން އެޑަމްސް އަކީ އެމެރިކަން އިންގިލާބުގައި މާސަޗޫސެޓްސްގައި ހުންނެވި ސްޕަންސަރ އެވެ. އަދި 1770ގައި މާސަޗޫސިޓްސްގެ ޑިޕްލޮމެޓަކަށް ހަމަޖެހުނެވެ. 1776 ގައި އެމެރިކާ މިނިވަން ކުރުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގަތް ބުރަ މަސައްކަތްތަކެއް ކުރެއްވި އެވެ. ތޯމަސް ޖެފަރސަން ވިސްނަވާގޮތުން ޖޯން އެޑަމްސް އަކީ ކްލޯސަސް އޮފް އިންޑިޕެންޑެންސް އެވެ. ލިޔުންތެރިއެއްގެ ހައިސިއްޔަތުން އެމެރިކާގެ ސިޔާސީ ނިޒާމް ބައްޓަން ކުރުމަށް ތަފާތު ޚިޔާލުތައް ޖޯން އެޑަމްސް ދެއްވާފައި ވެއެވެ.

ކްރެޑިޓް: ގިލްބަރޓް ސްޓޫއާޓް