ފަންވަތް:Featured article/2013-05

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ. އަދި އިތުރަށް...