ފަންވަތް:Featured article/2007-06

ވިކިޕީޑިއާ އިންވިކިޕީޑިއާ

މައްކާ އަކީ ތާރީޚީ ޙިޖާޒުގެ ސަރަޙައްދުގައިވާ ސައޫދީ އަރަބިއްޔާގެ މަންޠިޤާ މައްކާ ގެ ވެރި ރަށެވެ. 2004 ގެ ބޯހިމެނުމުގައި ބުނާގޮތުން މައްކާގެ އާބާދީއަކީ 1،294،167 މީހުންނެވެ. މައްކާ އޮތީ ޖިއްދާއާ 73 ކިލޯމީޓަރު (45 މޭލު) ދުރުގައި، އިބްރާހީމް ވާދީގައި، ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. ރަތްކަނޑާއި މައްކާއާ ހުރި ދުރުމިނަކީ 80 ކިލޯމީޓަރެވެ. މައްކާގެ ގަވަރުނަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވަނީ ސައޫދީ ރަސްގެފާނެވެ. ޝަހަރުގެ މުނިސިޕަލިޓީ ހިންގެވުމަކީ އިންތިޚާބު ކުރެވިފައިވާ ސާދަ މެންބަރުންގެ މުނިސިޕަލް ކައުންސިލުގެ ޒިއްމާއެކެވެ. (އަދި އިތުރަށް...)