ފަންވަތް:Did you know/2014-07

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޮނަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެ ތަފާތު ކަންކަމަށް ބޭނުންކުރާ މުހިއްމު އެއްޗެކެވެ. ހާއްސަކޮށް، ކާއެއްޗެހި ތައްޔާރުކުރުމުގައި ލޮނަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ރަނގަޅު ސިއްހަތެއްގައި ދެމި ހުރުމަށް ވެސް ލޮނުގެ ދައުރު މުހިއްމެވެ. ނަމަވެސް ލޮނު މަ ގިނައިން ބޭނުންކުރުމަކީ ސިއްތަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން އެންމެ ފުރިހަމަ ތަރާދެއްދައި ލޮނު ބެނުންކުރަން އަބަދުވެސް ސަމާލުކަން ދޭން ވާނެއެވެ. ތިރީގައި މިވަނީ ލޮނު ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކެވެ.

  • ހިނި ގޭތެރެއަށް ވަންނަ ތަންތަނަށް ލޮނު ބުރުވާލާށެވެ. އޭރުން ހިނި ގޭތެރެއަށް ވަނުން ވަރަށް މަދުވާނެއެވެ. ނުވަތަ އެއްގޮތަކަށްވެސް ނުވަންނާނެއެވެ.
  • ވިނަ ނުވަތަ ތޮނަ ހައްދަން ބޭނުން ނުވާ ނަމަ، އެތަނަކަށް ލޮނު ބުރުވާލާފައި، ހޫނުފެން އަޅާށެވެ. މިއީ ވިނަ ހެދުން ހުއްޓުވުމުގައި ބޭނުންކުރެވިދާނެ ތިމާވެއްޓާ ރައްތެހި ގޮތެކެވެ.
  • މާ ގިނައިން މެހި އުޅޭ ތަނެއް ނަމަ ލޮނު ފެނުން ދޮވެލާށެވެ.
  • ތަޅުންގަނޑަށް ބިހެއް ތެޅިއްޖެ ނަމަ، އޭގެ މައްޗަށް ލޮނު ބުރުވާލާފައި 20 އަކަށް މިނިޓު ފަހުން ސާފުކޮށްލާށެވެ. އޭރުން އުނދަގުލަކާ ނުލައި ސާފުކޮށްލެވޭނެއެވެ.
  • އަވަނުގައި ތައްލާފައި ހުންނަ އެކިތޮޅުތަކުގެ މައްޗަށް ލޮނު ކޮޅެއް ބުރުއްސާލާށެވެ. އަދި އަވަން ހޫނު ކުރުމަށް ފަހު މުލިން ހިހޫ ވީމާ އެ އެތިކޮލުތައް ނައްޓާލަން ދާދި ފަސޭހެ ވާނެއެވެ.
  • ސައިކުރާ މާ ބޮޑަށް ހަޑި ވެއްޖެނަމަ، 1/4 ޖޯޑު ލޮނު އަދި އައިސްކިއުބު ކުރައަށް އަޅައި އިރުކޮޅަކު ތަލުވާފައި ދޮޅު ގަޑިއިރު ވަންދެން ބަހައްޓާށެވެ. ދެން ފެން އަޅައި ސާފުކޮށްލާށެވެ.
  • ހަރުތޮށި ހުންނަ ތަކެތި ތޮށި ނެއްޓުމުގެ ގަޑިއެއްހާއިރު ކުރިން ލޮނު ފެނަށް ލާފައި ބަހައްޓާށެވެ. އޭރުން ތޮށި ނައްޓަން ފަސޭހަވާނެއެވެ.
  • މަސް ފިހާއިރު، އަލިފާންގަނޑުން ހުޅު ފަޅާނަމަ ލޮނުކޮޅެއް ބުރުވާލާށެވެ. އޭރުން ހުޅު ފެޅުން ހުއްޓި ގިނައިރު ހޫނު ހިފަހައްޓާނެއެވެ.
  • ކައްކާ އެއްޗެއް މާ ފޮނި ގަދަވެއްޖެ ނަމަ، ކުޑަ ލޮނު ކޮޅެއް އަޅާލާށެވެ. ރަހަ ބަރާބަރު ވާނެއެވެ.