ފަންވަތް:Did you know/2010-06

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ފިރިހެނެއްގެ ހިތުގެ ބަރުދަނުގައި 350- 300 ގްރާމް އާއި ދެމެދުގެ ބަރުދަން ހުރެއެވެ.
  • އަންހެނެއްގެ ހިތުގެ ބަރުދަނުގައި 300- 250 ގްރާމް އާއި ދެމެދުގެ ބަރުދަން ހުރެއެވެ.
  • ހިތުގެ ބޮޑުމިނަކީ އިންސާނާގެ އަތް މުށެއްގެ މިންވަރެވެ.
  • އިންސާނާގެ ހަށިގަނޑުގެ ބަރުދަނުން ގާތްގަނޑަކަށް 7 އިންސައްތަ އަކީ ލޭ އެވެ.
  • ބޮޑުމީހެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް 5 ލީޓަރު ގެ ލޭ ހުރެއެވެ.
  • އިންސާނާގެ މުޅި އުމުރުގެ ތެރޭގައި ގާތްގަނޑަކަށް 2.5 ބިލިޔަން ފަހަރު ހިތް ވިންދުޖަހައެވެ.
  • އިންސާނާގެ ހަށިގަނޑުގައި ހިމެނޭ ހުރިހާ ލޭހޮޅި ތަކެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 60 ހާސް މޭލު ހުރެއެވެ.
  • އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ލޭހޮޅި އަކީ ހިތުން ކުރިފަޅައި ނިކުމެފައިވާ އެއޯޓާ އޭ ކިޔޭ ބޮޑު ލޭހޮޅި އެވެ.