ފަންވަތް:Did you know/2008-10

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ދުނިޔޭގައި އިންސާނުން ވާހަކަ ދައްކާ ތަފާތު ބަހުރުވަތަކުގެ އެންމެ އިސް ސަފުގައި 12 ބަހެއް ހިމެނެއެވެ. އެ ބަސްބަހަކީ ގާތްގަނޑަކަށް 100 މިލިއަނެއްހާ އިންސާނުން، ދުނިޔޭގެ ތަފާތު ކަންކޮޅު ތަކުގައި ވާހަކަ ދައްކަން ބޭނުން ކުރާ ބަރހުރުވަތަކެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި، ފަރަންސޭސި، ޗައިނީސް ބަސް، އިންޑޮނޭޝިއާ (މެލޭ) ބަސް، ޖަޕާނު ބަސް، އަރަބި، ބަންގާޅު، ހިންދީ، އުރުދޫ، ރަޝިޔާ، ޕޯޗުގީޒް އަދި ޖަރުމަނު ބަހެވެ.
  • ދުނިޔޭގައި އެންމެ ފުރަތަމަ ނުކުތް ދުވަހު ނޫހަކީ ގްރީކްގެ ވެރިރަށް އެތެންސްގައި ނެރެވުނު "ހެލިއޮސް" ނަމަކަށް ކިޔާ ނޫހެވެ. ގްރީކް ބަހުން ހެލިއޮސް އަކީ އިރެވެ. ފަހުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގެ އިޒަރޑް ކޮލެޖްގެ ތާރީޚީ އިލްމުވެރިޔެއް ކަމަށްވާ ޕްރޮފެސަރ އަރމިންޓްރޫޑް ޕޮސްޓެލްވެއިޓް ވަނީ މިނޫސް އިނގިރޭސި ބަހަށް ތަރުޖަމާ ކުރައްވާފައެވެ.