ފަންވަތް:Did you know/2008-09

ވިކިޕީޑިއާ އިންވިކިޕީޑިއާ

ލޭގެ ރަތް ސެލް އަކީ ލޭގައި ހިމެނޭ ނިއުކްލިއަސް އެއް ނުވާ ވަށްކޮށް ހުންނަ ސެލް އެކެވެ. އެވްރެޖްކޮށް ލޭގެ ރަތް ސެލްގެ ދިގު ހުރަސް މިނުގައި 7.5 މައިކްރޯން ހުރެއެވެ. އަދި ބޯމިނުގައި 2 މައިކްރޯން ހުންނައިރު ވޮލިއުމް ގައި 87 ކިއުބިކް މައިކްރޯން ހުރެއެވެ. މިވައްތަރުގެ ސެލްތައް އެވްރެޖް ގޮތެއްގައި ދިރިހުންނަ މުއްދަތަކީ 120 ދުވަސް އެވެ. އަދި އެވްރެޖް ގޮތެއްގައި ލޭގެ ކޮންމެ މައިކްރޯ ލިޓަރެއްގައި 5 މިލިއަން ލޭގެ ރަތް ސެލް ހުރެއެވެ. މިސެލް ތަކަށް އިރިތްރަސައިޓްއޭ ވެސް ކިޔައެވެ.ލޭގައި އެންމެ ގިނައަދަދަކަށް ހިމެނެނީ ރަތްކުލައިގެ ސެލްތަކެވެ. ލޭ ރަތްކުލައިގައި ހުރުމުގެ އަސްލަކީ މިއީއެވެ. ލޭ ތަތްކޮށް ނޫނީ އޮލަކޮށްހުރުން މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ލޭގެ ރަތް ސެލްތައް ލޭގައި އެކުލެވިގެންވާ މިންވަރެއްގެ މައްޗަށެވެ. ލޭގެ ރަތް ސެލް ތަކުގެ މައިގަނޑު މަސައްކަތަކީ ފުއްޕާމޭއިން އޮކްސިޖަން ހަށިގަނޑުގައިވާ އެކިބާވަތްބާވަތުގެ ސެލްތަކަށް ފޯރުކޮށްދިނުމެވެ. އަދި ހަމަމިހެން ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކުރުމުގައި ވެސް ލޭގެ ރަތް ސެލްތައް ބައިވެރިވެއެވެ.