ފަންވަތް:Did you know/2007-07

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ބޮޑުވެފައިވާ ބުޅަލަކަށް ގަޑިއަކު 20 ކިލޯމީޓަރަށް ދުވެވޭނެއެވެ.
  • ދެ އިންސާނެއްގެ ފިންގަރ ޕްރިންޓް އެއްގޮތް ނުވާފަދައިން ދެ ޒިބްރާއެއްގެ ރޮނގު ތަކެއް އެއްގޮތެއް ނުވާނެއެވެ.
  • 24 ގަޑި އިރުގެތެރޭގައި އިންސާނަކު 23,040 ފަހަރު ނޭވާލައެވެ.
  • އަންހެނެއްގެ އެވްރެޖް އިސްކޮޅު ފިރިހެނެއްގެ އިސްކޮޅާއި ބަލައި 5 އިންޗް ކުރުވާނެއެވެ.
  • އާދީއްތަ ދުވަހަކުން މައްސަރު ފެށޭނަމަ އެމަހެއްގެ 13 ވަނަ ދުވަސް އަންނާނީ ހުކުރު ދުވަހަކަށެވެ.
  • އޮސްޓްރިޗް ނަމަކަށް ކިޔޭ ދޫނީގެ ލޯ އޭތީގެ ސިކުނޑިއަށް ވުރެ ބޮޑެވެ.
  • ޓައިޕް ރައިޓަރެއްގެ އެހީގައި އެންމެ ފުރަތަމަ ލިޔެވުނު ވާހަކަ އަކީ ޓޮމް ސޯޔަރ އެވެ.
  • އަންހެނުންގެ އިވުމުގެ ހިއްސު ފިރިހެނުންނަށް ވުރެ ގަދަވާނެއެވެ. އެހެންނަމަވެސް އަންހެނުންގެ ފެނުމުގެ ހިއްސު ފިރިހެނުންގެ ފެނުމުގެ ހިއްސަށް ވުރެ ދެރައެވެ.
  • ފަހަތަށް އުދުހުމުގެ ޤާބިލިއްޔަތުކަން ލިބިފައިވާ ހަމަ އެކަނި ދޫންޏަކީ ހަމިން ބާޑް އެވެ.
  • ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 50% އަށް ވުރެ ގިނަ މީހުން ދުވަހަކު ވެސް ފޯން ކޯލެއް ކޮށްފައެއްނުވެއެވެ. އަދި ފޯން ކޯލެއް ލިބިފައެއްވެސް ނުވެއެވެ.