ފަންވަތް:Did you know/2007-02

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • 200,000 އޮސްޓްރިޗާއި ބޭހޭގޮތުން 80 އަހަރުގެ މުއްދަތެއްގެ ތެރޭގައި ކުރެވިފައިވާ ދިރާސާއެއްގައި އޮސްޓްރިޗެއް ބިމުގެ ތެރެއަށް ބޯލައި އެސޮރުގެ ބޯ ބިމުގެ އަޑީގައި ވަޅުލި ކަމަށް އެއްވެސް މީހެއް ރިޕޯޓް ކޮށްފައެއް ނުވެއެވެ.
  • ކޮންމެ އިނަސާނެއްވެސް ދުވާލެއްގެ މައްޗަށް 1 ލިޓަރު ކުޅު އަނގައި ގެ ތެރޭގައި އުފައްދައެވެ.
  • އެންމެ ފުރަތަމަ މިލްކް ޗޮކުލެޓް އުފެއްދީ ޑެނިއެލް ޕީޓާރ އެވެ. ނަމަވެސް މީނާ ފަހުން މިލްކް ޗޮކުލެޓް ހަދާގޮތާއި އޭގެ ސިއްރުތައް ހެންރީ ނެސްޓްލޭ އަށް ވިއްކާލީއެވެ.
  • މޮޓޯރ ކާރުގެ ކުރީގައިވެސް ދުނިޔޭގައި ޓުރެފިކް ބައްތި ބޭނުން ކުރިއެވެ.
  • ދުނިޔޭގައި ކުރެވުނު އެންމެކުރު ހަނގުރާމައެއް ކަމަށް ލިއެވިފައިވަނީ ޒަންޒިބަރ އާއި އިނގިރޭސީންނާ ދެމެދު ކުރެވުނު ހަނގުރާމައެވެ. ޒަންޒިބަރ ހަނގުރާމައިން އަމާން ދިނީ ހަނގުރާމަ ފެށިތާ 38 މިނެޓު ފަހުންނެވެ.