Jump to content

ފަންވަތް:ހޮވާލެވިފައިވާ ތަޞްވީރު/2024-08-3

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޖޯން ކުއިންސީ އެޑަމްސް
ޖޯން ކުއިންސީ އެޑަމްސް

ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 6 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1825 ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 2 ވަނަ ރައީސް ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. ފެޑެރަލިސްޓް، ޑިމޮކްރެޓިކް ރިޕަބްލިކަން، ނޭޝަނަލް ރިޕަބްލިކަން އަދި ވިގެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީޚްގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. އަދި ޑިޕްލޮމެޓެއް ވެސް މެއެވެ. ބައިނަލް އަގްވާމީ ތަފާތު އެއްބަސްވުން ތަކާއި ބައްދަލުވުންތަކުގައި އެމެރިކާ ތަމްސީލް ކޮށްދިނުމުގެ ޝަރަފް ޖޯން ކުއިންސީ އެޑަމްސް އަށް ލިބިފައި ވެއެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ ޖުލައި 11 1767 ގައެވެ. އަވަހާރަ ވެފައިވަނީ ފެބުރުއަރީ 23 1848 ގައެވެ.