ފަށުވި ރަންކަރުމަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފަށުވި ރަންކަރުމަސް

ފަށުވި ރަންކަރުމަސް(ސައިންޓިފިކް ނަން: Aphareus rutilans)ނުވަތަ (އިނގިރޭސި ބަހުން: Rusty jobfish) އަކީ ރޭގަނޑާއި ދުވާލު ކުރާ ކެޔޮޅުކަމުގައި ގިނައިން ބާނާއުޅޭ މަހެކެވެ. މިއީ ފަރުފަރުގެ ބޭރުގައި ހަލުވިކަމާއެކު ދަތުރުކޮށްއުޅޭ ވަރަށް ހުޝިޔާރުކަމާއެކު ކާނާ ޝިކާރަކުރާ މަހެކެވެ. އަދި ދިވެހިން ކައިއުޅޭ މީރު މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށި، އަދި 11 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށި، އަދި 8 މަޑުކަށި ހުރެއެވެ. ކަންފަތުގައި 15 މަޑުކަށި ހުރެއެވެ. މަހުގެ ތިރީ ތުންގަނޑު މަތީ ތުނބަށްވުރެ ދިގެވެ. ފަށުވި ރަންކަރުމަސް ގެ ކުލައަކީ ރަތްކުލައެވެ. މިކުލަ ހުންނަނީ ބަނޑުދަށް ފަރާތަށް ދިޔަދިޔަހެން ފަނޑުވަމުން ގޮސްފައެވެ.