މޭގަ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މޭގައަކީ ދިވެހިބަހުގައި ނަމެއްގެ ގޮތުގައި ބޭނުން ކުރެވޭ ބަހެކެވެ. މޭގަ މިބަހުގެ މާނަ އަކީ ރަސުގެ އިމާރާތްތަކާއި ނުވަތަ ފަރުބަދަތަށް ދުރުން ފުސްކޮށް ފެންނަ ފެނުމެވެ. އަދި ހަމަ ދުރުން އަންނަ ބައިގަޑެއްގެ ލިސާން (ނިޝާން) ފެނުމެވެ.



މޭގަ ބެލުން

އާންމު ގޮތެއްގައި މޭގަ މިބަސް ބޭނުންކޮށް އުޅޭ އާންމު ބަޔަކީ ދަތުރުވެރިންނެވެ. ރާއްޖޭގެ ރަށްތަކަކީ ކަނޑުގެ ސަރަހައްދު ބޮޑު އަދި އެއްރަށާއި އަނެއްރަށް ދުރުދުރަށް ފެތުރިފައި އޮންނަ ޤައުމެއް ކަމުން ދަތުރުވެރިން ދޯނިފަހަރު މަތީގައި ތިބެ ރައްރަށުގެ މޭގަ އަދި އަތޮޅުތަކުގެ މޭގަ ހޯދައެވެ. ކުރީ ޒަމާނުގައި ސަމުގާ އާންމު ނުވާއިރު ރައްރަށުގެ މޭގަ ބަލަނީ ދޯނި ނުވަތަ ބައްތެލީގެ ކުބަށް އަރައިގެން ނެވެ. މޭގަފެނު މަކީ އޮޑިމަށްޗަށް އަތޮޅުގެ ނުވަތަ ރަށެއްގެ ލިސާން ފެނުމެވެ. މިގޮތުން އަތޮޅުގެ ލިސާނަކަށް އުދަރެސްކައިރިން އަތޮޅައިދިމާލުން ހާއްސަ އަލިކަމެއް ނުވަތަ ފުސްކަމެއް ނުވަތަ ކަޅުކަމެއް ފާޅުވާން ހުރެދާނެއެވެ. މޭގަ ފާހަގަ ކުރުމުގައި އެކި ދަތުރުވެރިން ބަލާގޮތްތައް ތަފާތެވެ. ހަނަފަސް ސަހަރާތަކުގައި ދަތުރުކުރާ ދަތުރުވެރިން ވެސް މޭގަ ބަލައެވެ. ހަމަ އެގޮތަށް ވައިގެ ބޯޓުތަކުގައި ވެސް މޭގަ ބަލާއުޅެއެވެ. ކުރީ ޒަމާނުގައި ހަގުރާމައިގެ މައިދާންތަކުގައި މޭގަ ބެލުމަށް ފަސޭހަ ގޮތްތަކެއް ހުރެއެވެ. އަސްވާރުން އަންނަނަމަ އެއަސްތަށް ދަތުރުކުރުމުން ޖައްވަށް އަރައިގަންނަ ކިލާގަނޑު ގެ ފުސްކަން މާދުރު ދުރަށްޖެހެންދެން ފެންނަން ހުރެއެވެ. މި ހިރަފުސްގަޑަކީ އެއަސްވާރުންގެ މޭގައެވެ. އެހެން ކަމުން މޭގައިގެ ސަބަބުން އެއަސްވާރު ތިބި ހިސާބު ރަގަޅަށް ސާފުވެ ގެންދެއެވެ.


udeylia 10:34, 26 މެއި 2010 (UTC)