Jump to content

މޭބިސްކަދުރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
މޭބިސްކަދުރު

މޭބިސްކަދުރު(އިނގިރޭސި ބަހުން: Grape)އަކީ އިންސާނުން ކެއުމަށް ބޭނުންކުރާ މޭވާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ، ހުތް ފޮނި ރަހަ އެއް ހުންނަ މޭބިސްކަދުރުގެ އެތަކެއް ވައްތަރުތަކެއް ހުރެއެވެ. އެކި ވައްތަރުގެ މޭބިސްކަދުރު އެކިކުލައަށް ހުންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފާހަގަކުރެވޭ މޭބިސްކަދުރުގެ ބާވަތްތަކުގެ ތެރޭގައި ރަތް މޭބިސްކަދުރު، ފެހި މޭބިސްކަދުރު، ކަޅު މޭބިސްކަދުރު، ދަނބު މޭބިސްކަދުރު، މަޑުފެހި މޭބިސްކަދުރު ފަދަ ކުލަތަކުގެ މޭބިސްކަދުރު ހިމެނެއެވެ.

މޭބިސްކަދުރު އަކީ ތަފާތު ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން އެންމެ އާންމުކޮށް ބޭނުން ކުރެވެނީ ރޮލާ ހުއްޓައި ކެއުމަށެވެ. ނުވަތަ ހުހަށް ކެއުމަށެވެ. އޭގެ އިތުރުން މޭބިސްކަދުރު ބޭނުންކޮށްގެން، ޖޫސް، ޖެލީ، ޖޭމް، ބަނގުރާ، އަދި ތެޔޮ ފަދަ ތަކެތި ތައްޔާރުކުރާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގައި އެންމެ ގިނައިން މޭބިސްކަދުރު އުފައްދާ ކަމަށް ފާހަގަ ކުރެވިފައިވާ އެއްގައުމަކީ ސްޕޭން އެވެ.