Jump to content

މެމްބަރު:Zubair~dvwiki

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިންސާނާއާއި ޢައުރަ

          اﷲ سبحانه وتعالى އިންސާނާ އެންމެ ރިވެތި ސޫރާގައި ހައްދަވައި އެހެންހުރިހާ މަޚްލޫޤުންނަށް ވުރެ މާތްކުރައްވައި މަތިވެރިކުރެއްވިއެވެ. އަދި ބަސްމޮށުންތެރިކަމާއި ވިސްނުމާއި ބުއްދިދެއްވިއެވެ. އެއަށްފަހު ބިމުގައި ޙަލީފާވެރިކުރައްވައި މިބިން އިންސާނާއަށްޓަކައި ތަނަވަސްކޮށް ދެއްވިއެވެ. އަދިބިމަކީ އިމްތިޙާނުގެ ގޮވައްޗެއްކަމުގައި ހަމަޖެއްސެވިއެވެ. އެހެންކަމުން އިންސާނުންނަށް ހެޔޮނުބައި ވަކިކޮށްދެއްވުމަށްޓަކައި އެކަލާނގެ ރިސާލަތާގެން ރަސޫލުން ފޮނުއްވިއެވެ. އެ ރަސޫލުން މެދުވެރިކުރައްވައި ޙައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްފަހު ދެމަގަށް ތަބާވުމުގެ އިޚްތިޔާރު ދެއްވިއެވެ. އެހެންކަމުން އިންސާނާ ދިރިއުޅެމުންދާއިރު ބަލަންޖެހޭ ވަރަށް މުހިންމު މައްސަލައެއް އެބައޮތެވެ. އެއީﷲގެ ރުހިވޮޑިގަތުން ލިބޭނީ ކޮންގޮތަކަށްތޯ ބަލައި އެގޮތުގައި ފައިތިލަ ސާބިތުކުރުމެވެ.

އިންސާނާ މިދުނިޔޭގައި އުޅެމުންދާއިރު އުފެދެމުންދާއިރު އުފެދެމުންދާ ގިނަ ފިތުނަތަކާއި ނޭަައްގާނީކަމުގެ އަސްލަކީ އިންސާނާ އޭނާގެ ހައްދުން ބޭރުވުމެވެ. اﷲ سبحانه وتعالى ކަނޑައަޅުއްވާފައިވާ ޙުދޫދު އެއީ ޙުދޫދު ކަމުގައި ނުދުށުމެވެ. މިގޮތުން މިހާރު އިންސާނީ މުޖްތަމަޢުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޢައުރަ ނިވާނުކުރުމުގެ މައްސަލައެވެ. اﷲ سبحانه وتعالى ޢައުރަ ނިވާކުރުމަށް ކަނޑައަޅުއްވާފައިވާ އިމުން ބޭރުވުމުގެ ސަބަބުން އިންސާނީ މުޖުތަމަޢުއަށް މިވަނީ ތަފާތު ގިނަގުނަ ފިތުނަތަކާއި ކުރިމަތިލާން ޖެހިފައެވެ. އަޚްލާޤީ ގިނަގުނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ކަށަވަރުންވެސް އެނގިހާމަވާ ހަޤީޤަތަކީ މިފަދަ ގިނަ ފިތުނަތަކާއި ކުރިމަތިލާން ޖެހުނީ ނޭއްގާނީކަމާއި ޖާހިލުކަމުގެ ސަބަބުންކަމެވެ. ނޫނީ އެނގިތިބެމެ ޝައިތާނާއަށް ތަބާވުމުގެ ސަބަބުންނެވެ. ޢައުރަ ނިވާކުރުމަކީ އިންސާނާގެ ފިތުރަތާއި ގުޅިފައިވާކަމެކެވެ. اﷲ سبحانه وتعالى ހަޑިހުތުރު ކަންތައްތައް އިންސާނާގެ ފިޠްރަތުގައި ނުލައްވަައެވެ. އަދި ކިއެއްތަ! އެންމެ ރިވެތި ފިޠްރަތުގެމަތީގައި އެކަނލާގެ އިންސާނާ ލެއްވިއެވެ. އަދި އެކަލާނގެ ދީނުގައި އިންސާނާގެ ފިޠްރަތާއި ޚިލާފް ކަމެއްނުލައްވައެވެ. އެހެނެއްކަމަކު ދީނުގައި އެކަނލާގެ ލެއްވީ އިންސާނާގެ ފިޠްރަތާއި ގުޅޭކަންކަމެވެ. ...    ••  ... " އެއީ މާތްﷲ މީސްތަކުން އެކަމުގެ މައްޗަށް ޚަލްޤުކުރެއްވި ފިޠުރަތެވެ." އެހެންކަމުން ﷲ މިބިންމައްޗަށް އިންސާނާ ފޮނުއްވުމަށް ފަހު އޮރިޔާން ހާލައިގެން އުޅުމަށް ދޫނުކުރައްވައެވެ. އެކަލާނގެ ވަނީ ޢައުރަނިވާކުރާނެ ފޭރާން އުފައްދަވައި ލާނެމަގު ތަނަވަސް ކޮށްދެއްވާފައެވެ. ޤުރުއާނުގައި اﷲ سبحانه وتعالى ވަޙީ ކުރައްވަނީ:           •     ...  "އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ޢައުރަތައް ފޮރުވަނިވި ހެދުމާއި ޒީނަތްތެރި ފޭރާން ތިމަންރަސްކަނލާގެ ތިޔަބައިމީހުންޓަކައި ވަނީ ހައްދަވާފައެވެ. އަދި ތަޤްވާވެރިކަމުގެ ފޭރާމަކީ އިތުރު ހެޔޮކަން ލިބިގެންވާ ފޭރާމެކެވެ." މިއާޔަތުން އެނގޭ ގޮތުގައި އިންސާނުންލުމަށްޓަކައި ހެދުން ހައްދަވާފައި ވަނީ ދެމަޤްސަދަކަށް ޓަކައެވެ. އެއީޢައުރަނިވާކުރުމަށާއި ޒީނަށްތެރިވުމަށެވެ. އެހެންކަމުން ލާ ހެދުމަކުން މިދެމަޤްޞަދުޙާޞިލް ވާންޖެހޭނެއެވެ.اﷲ سبحانه وتعالى އިންސާނުންނަށް ފޭރާންދެއްވައި އެފޭރާން ލާނެމަގު ތަނަވަސްކޮށްދެއްވުމަށް ފަހު އެފޭރާމުގެ ބޭނުން އޭގެ އެންމެ ރިވެތި ގޮތުގައިހިފުމަށް ވެސް ވަނީ އަންގަވައި އަމުރުކުރައްވާފައެވެ. قال تعالى :         ... " އޭ އާދަމުގެ ދަރީންނޭވެ! ތިޔަބަމީހުން އަޅުކަންކުރާ ކޮންމެ ހިނދެއްގައި ޒީނަތްތެރިކަން ރިވެތި ގޮތުގައި ހިފާށެވެ." އެހެންކަމުން ޢައުރަނިވާވައިފަދަ ފޭރާންލައި އޭގެ އެންމެ ރިވެތިގޮތުގައި ބޭނުންކުރުމަށް މަސައްކަތް ކުރަންގެހޭނެއެވެ. އަދި ފާހިޝް ކަންތައްތަކަށް ހެދުން އެޅުމާއި ދުރުވެގަންނަށް ޖެހޭނެއެވެ. އެފަދަ ހެދުމެއް އަޅައިގެން ނުވާނެއެވެ. އެފަދައިން ހެދުންއެޅުމަކީ ކަނޑައެޅިގެން އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކުރައްވާފައިވާ ކަމެކެވެ. ކީރިތި ﷲ ވަނީ އެންމެހައި ފާހިޝް ކަންތައްތަކާއި މުންކަރާތަކަށް އަރައިގަންނަ ކޮންމެ ކަމެއް ޙަރާމް ކުރައްވާފައެވެ. ޤުރުއާނުގައި ﷲ ވަޙީ ކުރައްވަނީ:     •     ... " ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަނލޭގެފާނުގެ ވެރިރަސްކަނލާގެ ޙަރާމް ކުރެއްވީ ފާޙިޝް ކަންތައްތަކެވެ. އޭގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ފޮރުވިގެންވާ ކަންތައްތަކެވެ." މިފަދައިން އަހަރެމެންގެ މައްޗަށް ޙަރާމްކުރައްވާފައިވާ އިރުވެސް ޢައުރަނިވާނުވާފަދަ ހެދުން އަޅައިގެން މީސްތަކުން އުޅެނީ ކީއްވެ ހެއްޔެވެ؟ ޙަރާމްކުރައްވާފައިވާ އެއްޗެއް ޒީނަތެއްކަމުގައި ހިފަނީ ކީއްވެހެއްޔެވެ؟ ﷲ އަހަރެމެންނަށް ހުއްދަކުރައްވާފައިވާ ޒީނަތްތެރިކަމުގައި ނުހިފަނީ ކީއްވެހެއްޔެވެ؟ ޙަރާމްކުރައްވާފައިވާ އެއްޗެއް ޙަލާލުކަމުގައި ހަދައި ޙަލާލުއެއްޗެއް ޙަރާމް ކަމުގައި ހަދަނީ ފަހެކާކުހެއްޔެވެ.             ...  "ކަލޭގެފާނު ވިދާޅުވާށެވެ! މާތްﷲ އެކަނލާގެ އަޅުތަކުންނަށް ޓަކައި ނެރުއްވައި ދެއްވި ޒީނަތާއި، ރުޒުޤުން ހެޔޮތަކެތި ޙަރާމްކޮށްގަތީ ކާކުހެއްޔެވެ؟" އެފަދައިން އަހަރެމެންނާއި ދޭތެރޭގައި ކަންތައްކުރީ އަހަރެމެންގެ ޢަދުއްވާއެވެ. ﷲގެ ރަޙްމަތުން ދުރުކުރެވިފައިވާ ލަޢުނަށް ލެއްވި އިބްލީހެވެ. އިބްލީހުގެ ނުކިޔަމަންތެރިކަމާއި ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ﷲގެ ރަޙްމަތުން ބޭރުކުރެވި ލަޢުނަތްލެއްވުމުގެ ސަބަބުން އޭނާގެ މަޤްސަދަކަށްވީ އޭނާ ﷲގެ ރަޙްމަތުން ބޭރުކުރެވުނު ސަބަބެއް ކަމުގައިވާ އާދަމްގެފާނާއި އާދަމުގެދަރިންވެސް ﷲގެ ރަޙްމަތުން ބޭރުކުރުމުގެ މަސައްކަތެވެ. މި ގޮތުން އިންސާނާގެ ކިބައިން އެންމެ ފުރަތަމަ ކުރިކަމަކީ ﷲ އިންސާނާއަށްޓަކައި ޝަރުއުކުރައްވާފައިވާ ފޭރާމުން ނެރެ ހެދުމުގެނިވާކަމުން ބޭރުކުރުމެވެ. އެ ހެދުމުން ނެރެ އިންސާނާ ފަޟީހަތް ކުރުމެވެ    •      •       ..  " އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ގެ މައިންބަފައިން (އާދަމްގެފާނާއި ޙައްވާގެފާނު) އެދެކަނބަލުންގެ (ފޮރުވިފައިވާ) ޢައުރަދެއްކުމަށްޓަކައި، އެދެކަނބަލުން ނެރެލިފަދައިން ޝައިޠާނާ ތިޔަބައިމީހުން ފިތުނައަށް ހައްލައި ހެދިޔަނުދޭށެވެ." އިބްލީސް އިންސާނާގެ ޢައުރަ ހާމަކުރުމަށް ރޭވިރޭވުމާއި، އެކަން ހިނގައިދިޔަ ގޮތް ޤުރުއާނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި ވެއެވެ.އެހެންކަމުން ޤުރުއާނުގެ އަލީގައި އެކަން ހިނގިގޮތް ބަޔާން ކޮށްލާނަމެވެ.

اﷲ سبحانه وتعالى އާދަމްގެފާނާއި ޙައްވާގެފާނު ސުވަރުގޭގައި ވަޒަންވެރި ކުރެއްވުމަށްފަހު އެތަނުން އެންމެ ގަހަކުން ފިޔަވައި ބޭނުންފުޅު އެއްޗަކުން ކައިބޮއިއުޅުމުގެ ހުއްދަދެއްވިއެވެ. އަދި އެތާގައި ނުހަނު ގިނަގުނަ ނިޢުމަތްތައް އެދެބޭފުޅުންނަށް ލިބިފައިވިއެވެ. އެތަނުގައި ބަނޑުހައިހޫނުކަމެއް އަދި ކަރުހިްކުމެއް ނުވެއެވެ. އަދި ޢައުރަ ހާމަވެފައިވެސް ނުވެއެވެ. ﷲ ވަޙީ ކުރައްވަނީ:  •                     "ހަމަކަށަވަރުން އެތަނުގައި ކަލޭގެފާނަކަށް ބަނޑުހައި ހޫނުކަމެއް ނުވަތަ ހެދުމުގެ ދަތިކަމެއް ލިބިގެނެއް ނުވެއެވެ. އަދި އެތަނަކު ކަރުހިއްކުމެއް އަދި އަވީގެ ހޫނުކަމެއް ކަލޭގެފާނަކަށް ނުވާނެތެވެ. "މިފަދަ ގިނަގުނަ ނިޢުމަށް ތަކުގައި މިދެބޭކަލުން އުޅުއްވާތަން ފެނުމުން އިބިލީހުގެ ހިތުގައި މިދެބޭކަލުން ނާއި މެދު  ޙަސަދަވެރިކަން ހިނގައިފިއެވެ. އެހެންކަމުން  އެދެބޭކަލުންގެ ޢައުރަހާމަ ކުރުމަށާއި އެނިޢުމަތް ތަކުން ބޭރުކުރުމުގެ މަޤްޞަދުގައި އެދެބޭކަލުންނަށް ވަސްވާސްދެމުން ބުންޏެވެ. •                                •       "ދެންފަހެ އެދެބޭކަލުންގެ ޢައުރައިން އެދެބޭކަލުންނަށް ފޮރުވިގެންވާ އެއްޗެއް ދެއްކުމަށްޓަކައި އެދެކަނބަލުންނަށް ޝައިޠާނާ ވަސްވާސް ދިނެވެ. އަދި އެކަނބަލުންނަށް ބުންޏެވެ. މަލާއިކަތުންގެ ބަޔަކަށް، ނުވަތަ ޚުލޫދުވެ ދެމިތިބޭ ބަޔަކަށް ތިޔަދެކަނބަލުން ވެދާނެކަން ފިޔަވައި ތިޔަ ދެކަނބަލުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ތިޔަދެކަނބަލުން ވެދާނެކަން ފިޔަވައި ތިޔަދެކަނބަލުން މިގަހާއި ގާތްވެވަޑައިގަތުން މަނާކުރެއްވީ ކޮންސަބަބަކަށްޓަކައި ހެއްޔެވެ؟ އޭނާ އެދެކަނބަލުންނަށް ދަންނަވައި ހުވާކުރިއެވެ. ތިމަންމިއީ ތިޔަދެކަނބަލުންނަށް ނަސޭހަތްތެރިވާ މީހަކީމެވެ." މިއާޔަތުން އެނގޭގޮތުގައި އިބްލީހުގެ މަޤްޞަދަކަށްވީ އެދެކަނބަލުންގެ ޢައުރަ ހާމަކޮށް ދެއްކުމެވެ. ޝައިޠާނާގެ ވަސްވާހުގައި  އެދެބޭކަލުން ޖެހިވަޑައިގެން މަނާކުރައްވާފައިވާ ގަހުން ފަރީކުޅުއްވުމުން އެބޭކަލުންނަށް ދެއްވި ސަޒާގެ ވާހަކަ ބަޔާންކުރައްވައި  اﷲ سبحانه وتعالى ވަޙީކުރައްވަނީ:                  •           •          "ފަހެ ކިބުރުވެރިކަމާއެކު (މަކަރުން) އެދެކަނބަލުން ދަށްކޮށްފިއެވެ. ދެންފަހެ އެދެކަނބަލުން އެގަހުން ރަހަ ބެއްލެވި ހިނދު، އެދެކަނބަލުންގެ (ފޮރުވިފައިވާ)ޢައުރަ އެދެކަނބަލުންނަށް ފައުޅުވެއްޖެއެވެ. އަދި އެދެކަނބަލުން ސުވަރުގޭގެ ފަތްތަކުން(ޢައުރަ) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެދެކަނބަލުން ހައްދަވައިބޮޑުކުރެއްވި ރަސްކަނލާގެ އެދެކަނބަލުންނަށް ނިދާއިއްވެވިއެވެ. އެގަހާއި ގާތްވެވަޑައިގަތުން ތިމަންރަސްކަނލާގެ ތިޔަެދެކަނބަލުންނަށް މަނާނުކުރައްވަމުހެއްޔެވެ؟ އަދި ހަމަކަށަވަރުން ޝައިޠާނާއީ ތިޔަެދެކަނބަލުންނަށް ފާޅުވެހުރި ދުޝްމިނެއްކަން(އަންގަވައި)ވަޙީ ނުކުރައްވަމުހެއްޔެވެ؟"ި  އެދެބޭކަލުން ﷲ ނަހީ ކުރެއްވި ގަހުން ފަރީކުޅުއްވުމުން އެކަމުގެ ސަޒާއެއްގެގޮތުގައި ވަގުތުން ސުވަރުގެއިން އެދެބޭކަލުން ބޭރުނުކުރައްވައެވެ. ނަމަވެސް ސަޒާއެއްގެ ގޮތުގައި ދެއްވި އެންމެފުރަތަމަ ސަޒާއަކީ  އެދެބޭކަލުންގެ ޢައުރަ ކަޝްފުކުރެއްވުމެވެ. އެހެންކަމުން އެދެބޭކަލުން ސުވަރުގޭގައިވާ ފަތްތަކުން ނިވާވެވަޑައިގަތެވެ. މި ނިވާވެވަޑައިގަތުން ދަލީލު ލިބެނީ ޢައުރަ ނިވާކުރުމަކީ އިންސާނާގެ ފިޠްރަތުގެ ތެރެއިން ވާކަމެއްކަމުގައެވެ.

ބަޔާންވެދިޔަ ހާދިސާއިންވެސް އިންސާނާއާއި ޢައުރައާއި ވަރަށް ބޮޑު ގުޅުމެއްވާކަން އެނގިގެން ހިގައްޖެއެވެ. އަދި ޢައުރައިގެ މައްސަލައަކީ އިންސާނާ އުފެއްދެވި ދުވަހުންސުރެ އުފެދިފައިވާ މައްސަލައެއްކަންވެސް އެނގިއްޖެއެވެ. އަދި އާދަމްގެ ދަރިން ޢައުރަނިވާކުރުމަކީ އިންސާނާގެ ފިޠުރީކަމެއްކަމާއި އިންސާނުންމިފިޠުރަތާއި ޚިލާފްކުރުމަށް ޝައިޠާޏާ ގޮނަގުނަ މަސަތްކަތްތަކެއް ކުރާކަންވެސް ހާމަވެއެވެ.

 އިންސާނާގެޢައުރަ ހާމަވާން ދިމާވި އެންމެބޮޑު ސަބަބަކީ އާދަމްގެފާނާއި ހައްވާގެފާނު އިބްލީހުގެ ވަސްވާހުގައި ޖެހިވަޑައި ގަތުމެވެ. އެހެންކަމުން އޯގާވަންތަﷲ އިންސާނީ ދަރިފަސްކޮޅަށް ނަސޭޙަތް ތެރިވެވޮޑިގެންނެވިއެވެ. އެޝައިޠާނާއަށް ތަބާނުވުމަށާއި ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލިނުގަތުމަށެވެ.އަދި އެޝައިޠާނާއަކީ ޢަދާވާތްތެރިއެއްކަމުގައި އަންގަވައި ﷲ ވަޙީ ކުރެއްވިއެވެ.  ...               "ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން  ތަބާނުވާށެވެ! ހަމަކަށަވަރުން އެ ޝައިޠާނާއަކީ ފާޅުވެ ބަޔާންވެގެންވާ ޢާދާވާތްތެރިއެކެވެ." 
 އެހެންކަމުން އަހަރެމެން ދެނެގަންނަށްވީ އެންމެ މުޙިންމު ނުކުތާއަކީ އާދަމްގެދަރިންގެ ޢައުރަ ކަޝްފުކުރުމަކީ ޝައިޠާނާ ފަތުރަންބޭނުންވާ، އެހެން ނުބައިކަންތައްތައް ފަތުރަން ބޭނުންވާ، އެހެން ނުބައި ކަންތައްތައް ފެތުރުމަށްޓަކައި ބޭނުންކުރާ ހަތިޔާރެއްކަމެވެ. އަދި ހެދުން އެޅުމުގައި ނިވާކަމާއި އަޚްލާޤީ މިންގަނޑުތަކުން އިންސާނާ ބޭރުކޮށްލުމަކީ ޝައިޠާނާގެ ލަނޑުދަނޑިއެއްކަމެވެ.