Jump to content

މެމްބަރު:Shimshaaz

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ވާދޫ ދަންނަ ކަލޭގެފާނު

ވާދޫ އާސާރީ މިސްކިތަކީ، ދިވެހިރާއްޖޭގައި މިހާރުހުރި ޤަދީމީ މިސްކިތްތަކުގެ ތެރެއިން ފާހަނގަކޮށްލެވޭ ދުވަސްވީ އެއް މިސްކިތެވެ. މިއީ ދިވެހި ތާރީޚުގައި ނުހަނު މަތިވެރި ޤަދަރާއި އިޙްތިރާމް ލިބިފައިވާ "އައްޝައިޙް މުޙައްމަދު ޖަމާލުއްދީން" މަޝްހޫރު ނަމުންނަމަ "ވާދޫ ދަންނަކަލޭގެފާނު" އާއި ގުޅިފައިވާ މިސްކިތެކެވެ. ވާދޫ ދަންނަކަލޭގެފާނުގެ ޒިޔާރަތް ހުންނަނީ މިމިސްކިތުގެ ކުރިމައްޗަށްވާގޮތަށް އެއް އަރިމަތީގައެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު އަކީ ޝަރުޢީ ޢިލްމު އުނގެންނެވުމުގެ މަގްޞަދުގައި ހިލާލީ ދަރިކޮޅުގެ މުޙައްމަދު ރަސްގެފާނުންގެ ދަރިކަލުން ޙަސަން ރަސްގެފާނުންގެ ރަސްކަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރެއްވި ދިވެހި ދަރިއެކެވެ. އެކަލޭގެފާނު ޢިލްމު ޙާޞިލް ކުރެއްވީ ޔަމަނުކަރައިގެ ޙަޟްރަމޫތުގެ އެދުރު އެދުރު ބޭކަލުންގެ އަރިހުންކަން ތާރީޚް ފޮތްތަކުގައި ލިޔުއްވާފައިވެއެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ޢިލްމު އުގެނުމަށް ރާއްޖެއިން ފުރާ ވަޑައިގަތީ ހިލާލީ މުޙައްމަދު ރަސްގެފާނުގެ ދަރިކަލުން ޙަސަން ރަސްގެފާނުގެ ރަސްކަމުގައި ހިޖުރައިން 935 އާއި 955 ވަނަ އަހަރާ ދެމެދުގެ ދުވަސްވަރު ކަމަށް “ދިވެހި ތާރީޚު” މިފޮތުގައި ލިޔުއްވާފައިވެއެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ޢިލްމު އުގެނިވަޑައިގަތުމަށްފަހު ރާއްޖެއަށް ވަޑައިގަތުމުން އެވަގުތު މާލޭގެ ވެރިޔަކަށް ހުންނެވި ބޮޑުތަކުރުފާނު ދެއްވީ ވަރަށްވެސް ހޫނު ތަރުހީބެކެވެ. އަދި ބޮޑުތަކުރުފާނުގެ އަރިހުގައި ހުންނަވައި އިސްލާމްދީން ފަތުރުއްވައި ދީން އުގަންނަވައި ދެއްވަން އެދިލެއްވިއެވެ. އެހެންނަމަވެސް މުޙައްމަދު ޖަމާލުއްދީން(ވާދޫ ދަންނަ ކަލޭގެފާނު) އެދިލެއްވީ އެކަހެރި ފުށި ރަށެއްގައި ހުރުމުގެ އަމުރުފުޅަށެވެ. އަދި ބޮޑުތަކުރުފާނު މުޙައްމަދު ޖަމާލުއްދީން(ވާދޫ ދަންނަ ކަލޭގެފާނު) އެދިލެއްވި ގޮތަށް ހުއްދަދެއްވުމުން މާލެއިން ފުރާވަޑައިގެން ވަޒަންވެރިވެލެއްވީ ހުވަދު އަތޮޅު ދެކުނުބުރީ "ވާދޫ" ގައެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން(ވާދޫ ދަންނަ ކަލޭގެފާނު) ވާދޫ ގައި ވަޒަންވެރިވެލެއްވި އިރު ވާދޫގެ ވެރިޔަކަށް އެވަގުތު ހުންނެވީ "މުޙައްމަދު ފަޑިޔައްތަކުރު" އެވެ. އެހެންކަމުން މުޙައްމަދު ފަޑިޔައްތަކުރުގެ އެހީތެރކިމާއެކު ހުންނަވާނޭ ގެއެއް އަޅުއްވައި ދީނީ ޢިލްމު އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. އެގޮތުން އެންމެ ފުރަތަމަ ޢިލްމު އުގަންނަވައި ދެއްވީ މުޙައްމަދު ފަޑިޔައްތަކުރުގެ ދަރިކަލުން "ޢަލީ ނާއިބު ތަކުރުފާނު" އަށެވެ.

އައްޝައިޚް މުޙައްމަދު ޖަމާލުއްދީން(ވާދޫ ދަންނަ ކަލޭގެފާނު) ކިޔަވައިދެއްވަން ފެއްޓެވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެތަން މިތަނުން ޠާލިބުން އައިސް، އޭނާގެ އަރިހުން ޢިލްމު އުނގެނޭން ފަށައިފިއެވެ. އެގޮތުގެ މަތީން ޢިލްމު އުގެނެންއައި ދަރިވަރުންނަށް ކިޔަވާ ދެއްވީ ވާދޫ ހުކުރު މިސްކިތުގެ(މިހާރުގެ އާސާރީ މިސްކިތް) ފެންޑާމުގައި ހަދާފައިވާ ދާލާގައެވެ. މުޙައްމަދު ޖަމާލުއްދީން(ވާދޫ ދަންނަ ކަލޭގެފާނު) ގެ އަރހުން ޢިލްމު އުގެންނެވި މަޝްހޫރު ބޭބޭފުޅުންގެ ތެރޭގައި އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު(ގދ. ކުރަމަތި) އާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު(ޏ. ފުވައްމުލަކު ޙަސަން ނާއިބުގެ ދަރިކަލުން ސ.މީދޫ މުޙައްމަދު) ދެކަލުން ހިމެނި ވަޑައިގަންނަވައެވެ. އޭރު އެކުދިންގެ އުމުރަކީ، އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު(19) އަދި  އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު(17) އަހަރުފުޅެވެ.

މިގޮތުގެ މަތީން ކިޔަވައި ދެއްވާތާ އެތަކެއް އަހަރެއް ވޭތިވުމަށްފަހު، ވާދޫ ދަންނަ ކަލޭގެފާނު ނުވަތަ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން ނިޔާވެއްޖެއެވެ. ބުނެވޭގޮތުގައި މުޙައްމަދު ޖަމާލުއްދީން ނިޔާވީ ހިޖުރައިން 990 ވަނަ އަހަރު ބޮޑު ތަކުރުފާނުގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ނިޔާވި ސަބަބެއްކަމުގައި ތުންތުންމަތިން އައިސްފައިވަނީ ވާދޫ ހުކުރު މިސްކިތް(މިހާރުގެ އާސާރީ މިސްކިތް) ދޮށަށް ފެންބަލައި ދިޔަ އަންހެނުންގެ ތެރެއިން އަންހެނަކަށް ބޭއިޚްތިޔާރުގައި ހަތަރުކަޅި ހަމަކޮށްލެވުމުގެ ހިތާމައިގައެވެ. އައްޝައިޚް މުޙައްމަދު ޖަމާލުއްދީން(ވާދޫ ދަންނަ ކަލޭގެފާނު) އަވަހާރަވުމުން ފަސްދާނު ލެވިފައިވަނީ އެވަގުތު އަޅުކަން ކުރައްވަން އިންނެވި ދާލަ އާއި 15 ފޫޓް ވަރު އިރު އުތުރު ގައެވެ.