މެމްބަރު:Raaish/ޢަލްމާނިއްޔަތުކަން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޢަލްމާނިއްޔަތުކަމަކީ (ޢަަރަބި ބަހުން: ޢަލްމާނިއްޔާ) ދައުލަތާއި، ދީނުގެ އެކިއެކި މުއައްސަސާތައް ތަމްސީލުކުރުމަށް ތިބޭ މީހުންނާއި ވަކިކުރުމެވެ. މި ހާސިލުވުމުން ކިޔަނީ ޢަލްމާނީވުމެވެ. ޢަލްމާނީވުމޭ ބަހުގެ އެއް މާނައަކީ، ދީނުގެ ކަންތަކާއިމެދު ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ނިޔާ ޤާއިމުކުރުމެވެ. ޢަލްމާނިއްޔަތުގެ އަނެއް މާނައަކީ، ޢާއްމު ޙަރަކާތްތަކުގައި ނުވަތަ ނިންމުމެއްގައި، ޚާއްސަކޮށް ސިޔާސީ ކަންކަމުގައި ދީން އޭގެ ނުފޫޛު ނުފޯރުވުމެވެ.  

ޢަލްމާނިއްޔަތު ފިކުރުވެރިންގެ ތެރޭގައި ގުރީކާއި ރޯމަންގެ ފަލްސަފާވެރިން ކަމުގައިވާ އެޕިކިއުރުސް، މާރކަސް އޯރެލިއަސް އަދި މިޒަމާނުގެ ފިކުރުވެރިންކަމުގައިވާ ޖޯން ލޮކް، ޖޭމްސް މޭޑިސަން، ތޯމަސް ޖެފަރސަން އަދި ތޯމަސް ޕެއިން ހިމެނެއެވެ.

ޢަލްމާނިއްޔަތުކަންވަނީ ވަރަށް ފުޅާ ދައިރާކަށް ބެހިފައެވެ. ޔޫރަޕުގެ ލައިސިޒަމަކީ ބައެއް މީހުން ބުނާގޮތުގައި، ދީނީ އުސޫލުތަކުން ދުރަށް ދިއުމެވެ. މިކަހަލަ އަލްމާނިއްޔަތުކަން ވަނީ ދައުލަތެއްގައި ރަސްމީ ދީނެއް އޮތް ވަގުތުވެސް ޚާސިލުވެފައެވެ. އެމެރިކާގައި ބައެއް މީހުން ބުނާގޮތުގައި އަލްމާނިއްޔަތަކީ ދީން، ދައުލަތުގެ ނުފޫޒުން ރައްކާކުރުމަށް އޮންނަ ކަމެއްކަމަށެވެ.