މެމްބަރު:Miladhoo Online

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފައިލު:Http://miladhoo.com/images/2012/01/editorial-1.jpg
މިލަދޫ އޮންލައިން

މިލަދޫ އޮންލައިން އަކީ ދިވެހިރާއްޖޭގައި ނެރޭ އޮންލައިން ނޫހެކެވެ. ތިރީގައި އެވަނީ މިލަދޫ އޮންލައިން ނޫސް ފެށުމުގެ ގޮތުން އެޑިޓޯރިއަލްގައި ލިޔެފައިވާ ލިޔުމުގެ ނަކަލެކެވެ.

މައުލޫމާތުގެ ރަސްމަގު އިންޓަނެޓަކީ މިއަދު އެއާއި ނުލައި އެއްވެސް ކަމެއް ކުރެވެން ނެތް އެއްޗެއްކަމުގައި މިވަނީ ވެފައެވެ. އިންޓަނެޓަކީ ތިމާގެ ސިކުނޑި އަދުގެ ދުނިޔަށް ވާސިލްކޮށްދޭ މައި ދޮރޯއްޓެވެ. ތިމާގެ އިހްސާސްތަކާއި މުރާދުތައް އޭގެ އަސްލަށް ފޯރުކޮށްދޭ ފާލަމެވެ. ހުސްވުމެއް ނެތް މަޢުލޫމާތުގެ ފުން ޚަޒާނާއެކެވެ. މުނި ފޫހި ފިލުވުމުގެ ބައިވެރިޔާއެވެ. ޚަބަރާއި މަޢުލޫމާތު އޭގެ އެންމެ ތާޒާ ކަމާއި ހޫނު ކަމާއި އެކު ތިބާގެ ލޮލުގެ ކުރިމައްޗަށް ފައިދާކޮށްދޭ އަސާސެވެ.

ކަން މިހެން ހުރިކަމުގައި ވިޔަސް ކޮންމެ ކަމެއްގައި ވެސް ހެޔޮ ގޮތާއި ނުބައި ގޮތް އޮވެއެވެ. އެގޮތުން ދަންނަވާނަމަ އިންޓަނެޓަކީ ތިމާގެ އަތުގައި އޮންނަ ތޫނު ވަޅިއެއްގެ މިސާލެވެ. ތިމާ ބޭނުންވެއްޖެ ނަމަ މާސިންގާ ކަށިކުނބުރު ބިޔަ ޖަންގައްޔެއްގައި ހިތްގައިމު އަވަށެއް އާރާސްތު ކުރެވިދާނެއެވެ. އެތައް ޖީލުތަކަށް އެކަމުގެ މަންފާއާއި ލާބަ ލިބެނިވި މަސައްކަތެއް ނޫންތޯއެވެ. އަދި ހަމަ އެހެންވެ ހަމަ އެވަޅިން އެތަކެއް މަޢުސޫމް ފުރާނައެއް މި ދުނިޔޭގެ ހަޔާތުން ބޭރުވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް ސަލާމަތް ބުއްދި ހުރި ކޮންމެ އިންސާނަކުވެސް ދެބަސް ނުވާނެ ހަޤީޤަތަކީ، ތިމާއަށް ލިބިފައިވާ އެފަދަ ގާބިލް ކަމުގެ ބޭނުން ހިފަން ވާނީ އޭގެ އެންމެ ހެޔޮ ގޮތުކަމެވެ. އެކަމުގެ ސަބަބުން ތިމާއަށާއި އަނެކުންނަށް އެކަމުގެ ފުރިހަމަ ލާބަ ލިބޭނޭފަދަ ގޮތަކަށެވެ. އެއީ އެންމެހާ އިންސާނުންގެގެ ފައިދާއަށެވެ.

ތަފާތު ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ އުދަރެހުގައި އަދު އެންމެ ބާރަށް ވިދަމުންދާ ޝާއްބަ ތަރީގެ ޒަރީޢާއިން ތިޔަ ބޭފުޅުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަ ޖެހުން ފޯރުކޮށްދިނުމުގެ މަތިވެރި އަޒުމުގައި މިލަދޫ އޮންލައިން ގެ ނަމުގައި މިއަދު ހުޅުވުނު މި ވެބްސައިޓަކީ،ނ.މިލަދޫގެ އެކިއެކި ޚަބަރާއި މައުލޫމާތު ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވުނު ވެބްސައިޓެކެވެ.

މި ވެބްސައިޓު މެދުވެރިކޮށް މިލަދޫ ދުނިޔެއަށް ހުޅުވި ދުނިޔޭގެ ކޮންމެތާކުންވެސް މިލަދޫގެ ޚަބަރުތަކާއި މައުލޫމާތު ބޭނުންފުޅު ކޮންމެ ފަރާތަކަށްވެސް ލިބިވަޑައިގަންނަވާނެ މަގު އަލޫގަނޑުމެން އިރާދަކުރެއްވިއްޔާ ފަހިކޮށްދޭނަމެވެ.


އަޅުގަނޑުމެންގެ އަމާޒަކީ ދިމާވެދާނެ ކޮންމެ ގޮންޖެހުމަކަށް ޚަބަރުދާރުވެ ކުރިމަތިވެދާ ކޮންމެ ހުރަހަކުން މިންޖުވެގެން ހަރުފަތަކަށްފަހު ހަރުފަތެއް މައްޗަށް އެރުމެވެ. މި މަސައްކަތް މިހާ ފުރިހަމައަށް ކުރުމުގެ ހެޔޮ ތަޢުފީޤް މިންވަރުކޮށްދެއްވި މާތްﷲ ސްބުޙާނަޙޫ ވަތަޢަލާއަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މި މަސައްކަތުގައި ފަންނީ ގޮތުން އެހީތެރިވި އެންމެހާ ފަރާތްތަކަށް ވަކިން ޚާއްޞަކޮށް މި ވެބްސައިޓު ފަރުމާކޮށްދެއްވި އެކްސްޕްރެސަން ޕްރައިވެޓް ލިމިޓެޑް އަށް މިލަދޫ އޮންލައިންގެ ފަރާތުން ޝުކުރު ދަންނަވަމެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތުގައި ކުރިއަށް ދިއުމުގެ ތަނަވަސް މަގު މާތް ﷲ ފަހިކޮށްދެއްވުމެވެ.