މެމްބަރުގެ ވާހަކަ:MaAzy

Page contents not supported in other languages.
ވިކިޕީޑިއާ އިންވިކިޕީޑިއާ

Welcome!

Hello, MaAzy, and welcome to Wikipedia! Thank you for your contributions. I hope you like the place and decide to stay. Here are a few good links for newcomers:

Can you write an article on Maavah[އުނިއިތުރު ގެންނަވާ]

Hi, MaAzy, can you write an article in Dhivehi using MV fonts in Microsoft word for Dhivehi encyclopedia (ekumaafaanu) Deviathan 11:22, 18 މާރިޗު 2006 (UTC)

ތާނަލިޔުމުގައި ލަފުޒުވަކިކުރުމަށް ގެންގުޅޭ އުޞޫލު

-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު-

1- ލަފުޒު ވަކިކުރުން

ލަފުޒު ވަކިކުރުމަކީ ހަމަ އެކަނި ދިވެހި ބަހަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެން ބަސް ބަހުގައި ވެސް އޮންނަ ކަމެކެވެ. ހަމަ މި އުޞޫލުން ދިވެހި ބަސް ތާނައިން ލިޔާ އިރު ވެސް ލަފުޒު ވަކިކޮށްގެން ލިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. ލަފުޒު ވަކިކޮށްގެން ލިޔުމަކީ ބަލައިލާން (ލޮލަށް) ރީތިވާ ކަމެކެވެ. އެ ލިޔުމެއް ކިޔައިލާން ފަސޭހަވާ ކަމެއް ވެސް މެ އެވެ. އަދި އެއީ ލިޔާ މީހާގެ މަޤްޞަދު ޙާޞިލުކުރުމަށް މަގު ފަހިވާ ކަމެއް ވެސްމެއެވެ. ލަފުޒު ވަކިނުކޮށް ލިޔާނަމަ ކިޔަން އުނދަގޫވުމުގެ އިތުރުން ލިޔުނު މީހާ ގަސްތުކުޅަ މާނަ ނޫން އެހެން މާނައެއް ކިޔާ މީހާ އަށް އެ ލިޔުމަކުން ދޭހަވުމަކީ ވަރަށް ކައިރި ކަމެކެވެ. ފަހުން މި ދެންނެވި ވާހަކަ އަމިއްލަ ފުޅަށް ތަޖްރިބާ ކޮށްލެއްވުމަށް ޓަކައި އަންނަނިވި ޖުމުލަތައް ވިދާޅުވުން ހުއްޓެވެ.

(1) މިއީބޯފެންނަގާފުރާޅެކެވެ. މިއީ ބޯ ފެންނަ ގާ ފުރާޅެކެވެ. މިއީ ބޯ ފެން ނަގާ ފުރާޅެކެވެ.

(2) އެކަކުނިދާތަންމަށަށްއެނގެއެވެ.

އެކަކު ނިދާ ތަން މަށަށް އެނގެއެވެ. އެ ކަކުނި ދާ ތަން މަށަށް އެނގެއެވެ.

(3) މަންމަނުކަންޏާމަށަކުނުކާނަމެވެ. މަންމަނު ކަންޏާ މަށަކު ނުކާނަމެވެ. މަންމަ ނުކަންޏާ މަށަކު ނުކާނަމެވެ.

(4) ބޭނުންވަނީމާމުއިގޮށްކުޅަނދުރުބިސްވައިގުގޫމިތަކެއްޗެވެ. ބޭނުންވަނީ: މާމުއިގޮށް، ކުޅަނދުރުބިސް، ވައިގުގޫ މިތަކެއްޗެވެ. ބޭނުންވަނީ: މާމުއި، ގޮށްކުޅަނދުރު، ބިސްވައިގުގޫ މިތަކެއްޗެވެ.

2 - ލަފުޒު ވަކިކުރުމަށް ގެންގުޅޭ އުޞޫލު

ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހިބާހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޒުކަޒުގެ ބަސް ކޮމެޓީ އިން ވަނީ ގަވާޢިދެއް އެކަށައަޅުއްވައި ޢާންމުކޮށް އިޢުލާންކުރައްވާފައެވެ. މިކަރުދާހުގައި މިބަލައިލަނީ މިގޮތުގެ މަތީން ދިވެހިބަސް ތާނައިން ލިޔެ އުޅުމުގައި ލަފުޒު ވަކިކޮށް ލިޔުމަށް ގެންގުޅޭ އުޞޫލުތަކެވެ.

2.1 ދިވެހި ބަސް ބެހިގެންވާ (ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެ ނަން، އިތުރު،މަސްދަރު، އަކުރު، މި) 8 ބައިގެ ތެރެއިން އަކުރު ފިޔަވައި އެހެން ކޮންމެ ބައެއް މެ ވަކިވަކީން ލިޔުން. މިސާލު: މި ޒަމާނުގެ ގިނަ ޒުވާނުންގެ އަޚުލާޤު ހުންނަ ގޮތް އަހަންނަކަށް އެހައި ރަނގަޅެއް ނޫނެވެ.

2.2 ގިނަ ކުރުމުގެ އަކުރު ކަމުގައިވާ ("ތައް" "މެން" "ފަހަރު" މިފަދަ) އަކުރުތައް ބަހާ ގުޅުވައިގެން ދުރު ނުކޮށް ލިޔުން. މިސާލު: (1) ފޮތްތައް، މީހުންތައް، ގަލަންތައް (2) އަހަރެމެން، މަންމަމެން، ބައްޕަމެން (3) ދޯނިފަހަރު، ބޯޓުފަހަރު، އޮޑިފަހަރު

2.3 އިޝާރާތުގެ ނަންތައް ކަމުގައިވާ (މި، ތިޔަ، އެ، އޭތި، މީތި، ފަދަ) ނަންތައް ވަކީން ލިޔުން. މިސާލު: އެ ގެ ހައި މި ގެ ރީތި ނޫނަސް މި ގެ އަކީ ތިޔަ ކުދީންގެ ގެ އެވެ.

2.4 ގުޅުވާ އަކުރުގެ ތެރެއިން "ގެ" މި އަކުރު ކުރީ ބަހާ ގުޅުވައިގެން (ދުރުނުކޮށް) ލިޔުން މިސާލު: އޭނާގެ، ހިތުގެ، ލޯބީގެ، ފޮތުގެ

2.5 ލަފުޒުގެ ފަހަތައް ގުޅުވާ އަކުރާއި ލަފުޒާ ދެމެދަށް އެހެން އަކުރެއް ވަން ކަމުގައި ވިޔަސް މި "ގެ" ދުރުނުކޮށް ލިޔުން މިސާލު: ފިހާރައިގެ، ހިތާމައިގެ، އަކައިގެ

2.6 ފުރިހަމަކޮށްދޭ އަކުރެއް ކަމުގައިވާ "އެވެ." މި އަކުރުވެސް (ބަދަލުނުވެ) "އެވެ." އޮންނަ ގޮތަށް ނިމޭނަމަ ވަކީން ލިޔުމާއި އެނޫން ޙާލަތްތަކުގައި ވަކިނުކޮށް ލިޔުން. މިސާލު: (1) މަދަރުސާ އެވެ. ހިނގައްޖެ އެވެ. އަންނާނެ އެވެ. (2) މަދަރުސާއެކެވެ. އޭނާ މާ ހަގެވެ. ދޮއްޓެވެ.

2.7 ކަމުން ނަންއިތުރު އުފެއްދުމަށްޓަކައި އިތުރުކުރެވޭ"ގެން" "މުން" "ފައި" މި އަކުރުތައް ކަމާ ގުޅުވައިގެން (ދުރުނުކޮށް) ލިޔުން މިސާލު: ނަގައިގެން ކަމުންކަމުން ދުވެފައި ހިނގައްޖެ އެވެ.

2.8 "އަށް" މިއަކުރުވެސް އަލިފުގެ ފިލި ލަފުޒެއްގެ ނިމޭ އެންމެ ފަހު އަކުރުގައި ޖެހޭ ތަންތާނގައި ވަކިނުކޮށް ލިޔުމާއި، މި "އަށް" (ބަދަލުނުވެ) ވަކިން އޮންނަ ގޮތަށް ދިމާވާ ތަންތާނގައި ވަކިކޮށް ލިޔުން. މިސާލު: (1) އިތުރަށް، ފަހަށް، ގޯންޏަށް

     (2) ފިހާރަ އަށް،  މަދަރުސާ އަށް،  ހަސީނާ އަށް.

2.9 އިން، އެއް، އާއި، އަކީ، އަކު، ފަދަ އަކުރުތައް ވެސް ލަފުޒަކާ ގުޅިގެން އަންނަނަމަ ވަކިނުކޮށް (ގުޅުވައިގެން) ލިޔުމާއި މި ނޫން ޙާލަތްތަކުގައި ވަކިވަކީން ލިޔުން މިސާލު: (1) އޮފީހުން، ފޮތެއް، ގަލަމާއި، ކަތީބަކީ، ފަހަރަކު،

     (2) ޖަލްސާ އިން، ގޮނޑި އެއް، މަދަރުސާ އާއި، އޭނާ އަކީ، ގެ އަކު

2.10 ގިނަ ކުރުމަށްޓަކައި ލަފުޒެއް ތަކުރާރުކުރާނަމަ އެ ތަކުރާރުކޮށް އެއްކޮށް (ދުރުނުކޮށް) ލިޔުން މިސާލު: ގަސްގަސް، ފޮތްފޮތް، އަޑުއަޑު

2.11 "ވެސް" މިއަކުރު ވަކީން އަންނަނަމަ (ދުރުކޮށްގެން) ވަކީން ލިޔުން މިސާލު: އަހަރެން ވެސް ކައިފީމެވެ.

2.12 އަދިވެސް، ނަމަވެސް، އެހެންނަމަވެސް، މިފަދަ އަކުރުތަކުގައި އޮންނަ "ވެސް" އެ ލަފުޒުތަކުގެ ބައެއް ކަމަށް ވާތީ އެ ފަދަ ައކުރު ލިޔާއިރު "ވެސް" ދުރުނުކޮށް (ގުޅުވައިގެން) ލިޔުން މިސާލު: އަދިވެސް، ނަމަވެސް، އެހެންނަމަވެ