މޫނިމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
މޫނިމާ

މޫނިމާ (ސައިންޓިފިކް ނަން: Mimusops elengi)ނުވަތަ (އިނގިރޭސި ބަހުން: Spanish Cherry)އަކީ ހިޔާބޮޑު، ގަހެއްގައި އަޅާ މޭވާ އެކެވެ. މިގަހުގެ މަލަކީ މަޑުރީނދޫ ކުލައިގެ ވަރަށް ކުދި ހަނި ފިޔަބަރިއެއް ހުންނަ މީރުވަސް ދުވާމަލެކެވެ.މޫނިމާ ގަހުގެ ލަކުނޑިއަށް ވެސް މޫނިމާ ކިޔައެވެ. އަދި މިއީ ވަރަށް ކީލިހަމަ މޮޅު ލަކުޑިއެކެވެ. މޫނިމާ އަޅާ ގަހަށް ވެސް މޫނިމާ ކިޔައެވެ. ދިވެހިންގެ ތެރޭގައި މޫނިމާ ބޭނުންކުރެވެނީ ހުހަށް ކެއުމަށެވެ. މޫނިމާ އަކީ ކިހަސް ރަހައެއް ހުންނަ މޭވާ އެކެވެ. މޫނިމާ ދޮންނުވާއިރު ހުންނަނީ ފެހިކުލައިގައެވެ. ދޮންވުމުން ރީނދޫ އަދި ރަތް ކުލައިގައި ވެސް މޫނިމާ ހުރެއެވެ. މޫނިމާ ލަކުޑި އަކީ ވަރަށް މޮޅު ލަކުޑިއެއްކަމަށް ބުނެއެވެ.