މުޙައްމަދު ޙިލްމީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މުޙައްމަދު ޙިލްމީ (ގ.ޑޭޒީފެހި ) އަކީ ހުނަރުވެރި ފަންނާނެކެވެ. ދިވެހި ފިލްމީ މަސައްކަތްތައް ކުރެއްވި އާޓިސްޓެކެވެ. މުޙައްމަދު ޙިލްމީ ފުރަތަމަ ކިޔަވާ ވިދާޅުވީ ވަރަށް ތުއްޕުޅު އިރު މަޖީދިއްޔާ ސްކޫލުންނެވެ. އޭގެ ފަހުން ސްރީލަންކާގެ ކޮލްޕެޓީގައި ހުންނަ މާރޝަލް ޕްރެޕަރޭޓަރީ ސްކޫލުންނެވެ. އޭގެ ފަހުން ޒާހިރާ ކޮލެޖުންނެވެ.

ބޯޓްދަތުރުކުރުން[އުނިއިތުރު ގެންނަވާ]

ޒާހިރާ ކޮލެޖުން ގްރޭޑް 10 ނިންމުމަށްފަހު ދެން ގުޅިވަޑައިގަތީ ސްރީލަންކާގެ ސޯސަންވިލާގައި ހުންނަ ދިވެހިރާއްޖޭގެ ޝިޕިންގ ކުންފުނީގެ މަސައްކަތާއެވެ. އެއީ 1971 ވަނަ އަހަރު ހިސާބުގައެވެ. ފުރަތަމަ އުޅުއްވީ ލޭތުގެ މަސައްކަތް ދަސްކުރެއްވުމަށެވެ. އޭގެ ފަހުން ތަފާތު ބޯޓްފަހަރުގެ އިންޖީނުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވިއެވެ. އެގޮތުން ތަފާތު 3 ބޯޓެއްގައި 4 އަހަރު ދުވަހުގެ މުއްދަތަށް ހަރަކާތްތެރި ވެލެއްވި އެވެ. އެދުވަސްވަރު ބަރުމާ، ސިންގަޕޫރު އަދި އެހިސާބުގެ އެތެރެވަރީގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރެއްވި އެވެ.

ދިވެހި ސަރުކާރުގެ ވަޒީފާ އާއި ގުޅިވަޑައިގަތީ 1973 ވަނަ އަހަރު އެވެ. އެންމެ ޝައުގުވެރިވަނީ ފިލްމް، ޑްރާމާ، ޑޮކިޔުމެންޓްރީ ހެދުން، އަދި އެތަކެތި ޕްރޮޑިއުސްކުރުމާއި ޑައިރެކްޓްކުރުމާއި، ވާހަކަ ލިޔުމެވެ. އޭގެ އިތުރުން ޢާންމުންނަށް ޚިދުމަތް ދިނުމަށާއި، ފޮޓޯގްރަފީގެ މަސައްކަތްކުރުން، ޑިމޮކްރަސީ، ރިލޭޝަންޝިޕް، ހިޔުމަން ރައިޓްސް އާއި ބެހޭގޮތުން ލިޔެ ހެއްދެވުމަށް ވެސް ސަމާލުކަން ދެއްވާފައި ވެއެވެ.

މުނިފޫހި ފިލުވުމުގެ ދާއިރާ[އުނިއިތުރު ގެންނަވާ]

އިގިރޭސި، ސިންގަޅަ، ތަމަޅަ، އަދި ކޮންމެވެސް ވަރަކަށް ހިންދީ ދެނެލައްވާ ޙިލްމީ ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާ އާއި ގުޅުންހުރި ކޯސްތައް ފުރިހަމަ ކުރައްވާފައެވެ. އެގޮތުން ފުރިހަމަކުރެއްވި ކޯސްތަކުގެ ތެރޭގައި:-

  • 1990- 1991 : ޑިޕްލޮމާ އިން ފިލްމް ޑައިރެކްޝަން - އިންޑިޔާ
  • 1998: ޕެއިންޓިންގ ކުރެހުމާބެހޭ ކޯސް – އިންޑިޔާ
  • 2001 : ފޮޓޯގްރަފީ އާއި ބެހޭ ކޯސް – އިންޑިޔާ

ފިލްމީ ދާއިރާގައި ވެސް ތަފާތު ރޮނގުރޮނގުން މަސައްކަތް ކުރެއްވި އެވެ. އެގޮތުން:-

  • 1984 : ގައި ނިކުތް ދިވެހި ފިލްމް ހާލި ގެ ވާހަކަ، އަދި ސްކްރީންޕްލޭ ލިޔެދެއްވުމުގެ އިތުރުން، އެފިލްމްގެ ކޯޕްރޮޑިއުސަރު އަދި އެސިސްޓެންޓް ޑައިރެކްޓަރު އަކީ ވެސް ޙިލްމީ އެވެ.
  • 1993 : ގައި ނިކުތް ފިލްމް އިހްސާސް ގެ ވާހަކަ، ސްކްރީންޕްލޭ، އަދި ކޯ ޑައިރެކްޓަރު އަކީ ވެސް ޙިލްމީ އެވެ.
  • ދިވެހި ފިލްމް އަޑުއިވުމުން ގެ ވާހަކަ، ސްކްރީންޕްލޭ، އަދި ޕްރޮޑަކްޝަން ކޮންސަލްޓަންޓް އަކީ ޙިލްމީ އެވެ.
  • 1994: އެންމެ މޮޅު ސްޕެޝަލް މޭކަޕް – މުޙައްމަދު ޙިލްމީ – އިހްސާސް – ގައުމީ ފިލްމް އެވޯޑް 1

މުޙައްމަދު ޙިލްމީގެ މަންމައަކީ މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގޭ ފާއިޒާ އެވެ. 1990 ވަނަ އަހަރު ސަންގު މަޖައްލާ ޙިލްމީ މަސްއޫލު ވެރިކަމުގެ ދަށުން ނެރެފައި ވެއެވެ.