Jump to content

މުޙައްމަދު ސަޢީދު (ބަގީޗާގެ)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އަލްޤާޟީ މުޙައްމަދު ސަޢީދު ދީދީ އަލްއަޒްހަރީ އަކީ ޙުސައިން ޞަލާޙުއްދީންގެ ދަރިކަލެކެވެ. މަންމައަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނުގެ ސަންޕާ މަނިކެ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1900 ވަނަ އަހަރު އެވެ. މުޙައްމަދު ސަޢީދު އިބްތިދާއީ ތަޢުލީމް ޙާޞިލްކުރެއްވީ ބައްޕާފުޅު ޙުސައިން ޞަލާހުއްދީން ގެ އަރިހުންނެވެ. މަތީ ތަޢުލީމް ޙާޞިލް ކުރެއްވީ މައްކާ އާއި ޢިރާގުގެ ބަޣްދާދު އާއި، އަދި މިޞްރުގެ ޖާމިޢަތުލް އަޒްހަރުންނެވެ. އަޒުހަރުން ޢާލިމީ ފާސް ނެގިއެވެ. އަރަބި، އިގިރޭސި ދެނެލައްވައެވެ. ދިވެހި ބަހުގެ އަދީބެކެވެ. ދިވެހިބަހާއި ޢަރަބި ބަހުން ޅެމާއި ނަޞްރުގެ ފޮތްތައް ލިޔެފައި ވެއެވެ.

  • 22 ޑިސެމްބަރު 1932 – ގާނޫނީ ހުކޫމަތުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރުކަން
  • 20 ޛުލްގައިދާ 1351ހ – ތިޖާރީ ކޮމިޓީގެ މެންބަރުކަން

އަވަހާރަވީ 30 އެޕްރީލް 1939 ގައެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006