Jump to content

މުޙައްމަދު ސަޢީދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މުޙައްމަދު ސަޢީދު
މުޙައްމަދު ސަޢީދު، 2026
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
މަޤާމާ ހަވާލުވެވަޑައިގަތީ
14 އެޕްރީލް 2026
ރައީސްމުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީހަމަ މުޙައްމަދު ސަޢީދު
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
މަޤާމުގައި
17 ނޮވެންބަރު 2023  14 އެޕްރީލް 2026
ރައީސްމުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީފައްޔާޟް އިސްމާޢީލް
ފަހުން ވަޑައިގަތީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރު
މަޤާމުގައި
28 މޭ 2019  17 ނޮވެންބަރު 2023
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
ކުރިން ހުންނެވީއަޙްމަދު އަޒްހާނު ފަހްމީ
ފަހުން ވަޑައިގަތީ
އަޙްމަދު ޝާކިރު
ދާއިރާމާވަށު ދާއިރާ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މަޤާމުގައި
19 ނޮވެންބަރު 2013  17 ނޮވެންބަރު 2018
ރައީސްޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ކުރިން ހުންނެވީއަޙްމަދު މުޙައްމަދު
ފަހުން ވަޑައިގަތީ
ފައްޔާޟް އިސްމާޢީލް
އުފަންވީ (1974-06-09) 9 ޖޫން 1974 (52 އަހަރު )
ހއ. ތުރާކުނު، ދިވެހިރާއްޖެ
ސިޔާސީ ޕާޓީޕީޕަލްސް ނޭޝަނަލް ކޮންގްރެސް
ތަޢުލީމްހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހއ. ދިއްދޫ، ދިވެހިރާއްޖެ
އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް)، މާލެ، ދިވެހިރާއްޖެ
މަތީތަޢުލީމުޔުނިވަރސިޓީ އޮފް ބަރމިންގހަމް، އިނގިރޭސިވިލާތް
ސޮއި

މުޙައްމަދު ސަޢީދަކީ ދިވެހިރާއްޖޭގެ މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑެވެ. އެ މަނިކުފާނަކީ ހއ.ތުރާކުނަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

މުޙައްމަދު ސަޢީދު ޕްރައިމަރީ ތަޢުލީމާއި ޘާނަވީ ތަޢުލީމު ޙާޞިލުކުރެއްވީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުންނާއި އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) އިންނެވެ.

2006ވަނަ އަހަރު މުޙައްމަދު ސަޢީދު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގހަމްގައި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއިން ފުރަތަމަ ޑިގްރީ ޙާޞިލުކުރައްވައިފައެވެ. އަދި 2009ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީގައި ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ.

މުޙައްމަދު ސަޢީދު ވަނީ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. 2013 އިން 2018 އަށް އެ މަނިކުފާނަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓެވެ. އަދި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާ، އޭޝިއާ އިންފްރާސްޓްރަކްޗަރ އެންޑް އިންވެސްޓްމަންޓް ބޭންކުގެ ޑިރެކްޓަރުކަމާ، ދައުލަތުގެ ބޮޑު 3 ކުންފުންޏެއްގެ ސުޕަރ ސީއީއޯގެ މަގާމް އެ މަނިކުފާނު ފުރުއްވިއެވެ. ޓޫރިސްޓް ރިސޯޓްތައް ހިންގުމުގައި 18 އަހަރު އެ މަނިކުފާނު ވަނީ މަސައްކަތް ކުރައްވައިފައެވެ.