މުޙައްމަދު ދީދީ (ވެލާނާގެ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ވެލާނާގޭ މުޙައްމަދު ދީދީ އަކީ އަލްއަމީރު މަލިންގޭ ޙަަސަންދީދީ (މަލިންގޭ ޙަސަން މަނިކުފާނު /ވެލާނާ މަނިކުފާނު) ގެ ދަރިކަލެކެވެ. މަންމަ އަކީ އެސްޖެހި ގަނޑުވަރު ސިއްތި (ވެލާނާގޭ ސިއްތި ) އެވެ. ވެލާނާގޭ މުޙައްމަދު ދީދީ އަކީ ވަރަށް ނުފޫޒް ގަދަ އަމުރުވެރިއެކެވެ. ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށް ޕިޗޯރީން ރާއްޖެ ގެންނެވީ މުޙައްމަދު ދީދީ އެވެ. މަސްވެރިކަމަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. އަވަހާރަވީވެސް މަސްވެރިކަމަށް ވަޑައިގެން އުޅުއްވަނިކޮށެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1357ހ – 1362 – ވަޒީރުއް ދާޚިލިއްޔާގެ ނާއިބުކަން
  • 1360 – ދައުލަތް ހިންގާ މަޖުލީހުގެ މެންބަރުކަން

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • އަނބުގަސްދޮށުގޭ ޅަދީދީ
  • އަނބުގަސްދޮށުގޭ މެދުދީދީ
  • ވެލާނާގޭ އަހުމަދު ދީދީ
  • ވެލާނާގޭ އިބްރާހީމް ދީދީ
  • އަނބުގަސްދޮށުގޭ ޢާއިޝަތު ދީދީ
  • ވެލިދޫގޭ ތުއްތު ދީދީ
  • ޝަރީފާ މާހިރު
  • ވެލާނާގޭ އާމިނަތު ދީދީ
  • ޢަބުދުލް މަޖީދު މާހިރު
  • ޙަސަން މާހިރު
  • ޢަލީ މާހިރު
  • އިސްމާޢީލް މާހިރު
  • ޢަބުދުﷲ މާހިރު
  • ޙައުލަތު މާހިރ

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006