މުޙައްމަދު ރަޝީދު (ދަރާ)

ވިކިޕީޑިއާ އިންވިކިޕީޑިއާ

މުޙައްމަދު ރަޝީދު (ދަރާ) އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ކުރީގެ އެތައް ފިލްމްތަކެއްގައި ލީޑްރޯލް ކުޅެފައެވެ. އޭނާ އަކީ ކެމެރާމަނެކެވެ. އޭނާ ޓެލެވިޒަން ޕްރޮޑަކްޝަންގެ ދާއިރާއިންނާއި، މޯޝަން ޕިކްޗަރ ފޮޓޯ ގްރަފީގެ ދާއިރާއިން އިންޑިޔާގައި ޑިޕްލޮމާ ޙާޞިލް ކުރައްވާފައެވެ.2005 ވަނަ އަހަރު އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ފިލްމް އެކަޑަމީގައި ފުރިހަމަ ކުރި ދޮޅު އަހަރުގެ ކޯހުގައި 2 ސެމިސްޓަރ ގައި އެންމެ މޮޅު ދަރިވަރުގެ މަގާމް ޙާޞިލްކޮށްފައި ވެއެވެ.

1993 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފިލްމީ ދާއިރާއިން ވަކިވުމާއި ހަމައަށް މުހައްމަދު ރަޝީދު ވަނީ ދިވެހި 16 ފިލްމެއްގައި ހަރަކާތްތެރިވެފައެވެ.

އޭނާ ލީޑް ރޯލު ކުޅެގެން 1982 ވަނަ އަހަރު ނެރުނު ފިލްމު "އޯކިޑް އޭނާގެ މާ" އަކީ ދިވެހި ފިލްމީ ޖައްވުގެ ވައި ބަދަލުކޮށްލި އުފެއްދުމެކެވެ. އޭގައި ހިމެނުނު ލަވަތައް ކަމަށްވާ "އަންގައިދޭށޭ އަދުވީ ރުހިގެންނޭ" ފަދަ ލަވަތަކަކީ އަދިވެސް ފަނޑުކަމެއް ނާންނަ ލަވަތަކެވެ. އޮފީހުގެ ކަމެއްގެ ގޮތުގައި ދަރާ ރަޝީދު މި ފިލްމެއް ކުޅެފި އެވެ. ލީޑް ރޯލެވެ. އެ ފިލްމުގެ ނަމަކީ "ނަތީޖާ" އެވެ.ދަރާ ރަޝީދު ވަނީ އޭނާގެ ރަން ދުވަސްވަރުގައި 20 ފިލްމެއްގައި ލީޑް ރޯލު ކުޅެފަ އެވެ. އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ "އުދާސް" (1993) އެވެ. އެއީ އޭނާގެ އެކްޓިންގެ ރަން ޒަމާނުގައި ބުރަކި ޖެހުނު ހިސާބެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ނަތީޖާ 1981
  • އޯކިޑް އޭނާގެ މާ - 1982
  • ސަޒާ
  • ލޭކަރުނަ
  • އިތުބާރު
  • އުދާސް
  • ފިދާ
  • ޗުއްޓީ
  • ހާލި
  • މަގްޞަދު
  • ޙާޞިލް
  • މާފެއްނެތް - 2010
  • ލޫދިފާ - 2010
  • ޒަލްޒަލާ - އެނބުރިއައުން - 2010
  • ޖިންނި - 2010

ކުޅެފައިވާ ޑްރާމާތައް[އުނިއިތުރު ގެންނަވާ]

  • ހިނިތުންވެލާށޭ ކަލާ - 2007- 2008

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • ލައިފްޓައިމް އެޗީވްމަންޓް އެވޯޑް - ދިވެހި ފިލްމް އެވޯޑްސް 9 - 2019
  • އާންމު ޚިދުމަތުގެ އިނާމް - 2005