މުގު ތޮޅި

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުގުތޮޅި

މުގު ތޮޅި (ސައިންޓިފިކް ނަން: Cajanus indicus)ނުވަތަ (އިނގިރޭސި ބަހުން: pigeon pea)އަކީ ގަހެއްގައި އަޅާ ތޮޅީގެ ބާވަތެކެވެ.މިއީ ފެހިއޮށުގެ ބާވަތެއް ކަމުގައި ބެލެވެއެވެ. މުގުތޮޅި ދުނިޔޭގައި ހެދޭތާ މިހާރު 3 ހާސް އަހަރު ވަރުވެދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. މުގުތޮޅި އާންމުކޮށް ހައްދަނީ ހޫނު ހިސާބުތަކުގައެވެ. ހޫނު ގައުމު ތަކުގެ ތެރެއިން 25 އަށްވުރެ ގިނަ ގައުމުގައި މުގު ތޮޅި ހައްދައި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރެއެވެ.

މުގު ތޮޅި ތަފާތު ގޮތްގޮތަށް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ތޮޅި ހިއްކައިގެންނާއި، ތޮޅި ރޯކޮށް ހުއްޓައި، އަދި ތޮޅި މުގުރައިގެން ފުށުގެ ގޮތުގައި ވެސް ބޭނުންކުރެއެވެ.

މުގުތޮޅި
Cajanus cajan