މުރާކި
މުރާކި(ސައިންޓިފިކް ނަން: Physalis peruviana)ނުވަތަ (އިނގިރޭސި ބަހުން: Cape gooseberry)އަކީ ތިރިތިރިކޮށް ހެދޭ ގަހެއްގައި އަޅާ ހުތް ފޮނި ރަހައެއްލާ މޭވާ އެކެވެ. މުރާކި ދޮންނުވާއިރު ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ހުންނަނީ މަޑު އޮރެންޖް ކުލައަކަށެވެ. ދިވެހިން މުރާކި ކައިއުޅޭނީ ހުހަށެވެ. ނަމަވެސް ބައެއް ފަހަރު ބޭރު ގައުމުތަކުގައި ސަލަޑް ހަދާއިރު މުރާކި ބޭނުންކުރާ ކަމަށް ވެއެވެ. ދިވެހި ބޭސްވެރިކަމުގައި މުރާކި ފަތް ބޭނުން ކުރާކަމަށް ވެއެވެ. މުރާކި އޮންނަނީ ފަތްހެން ހުންނަ މަޑު ތޮށިގަނޑެއްގެ ތެރޭގައެވެ. މުރާކި ފަތުގައި ކޮންމެވެސް ވަރަކަށް ކެހެރި ފާނޑުގެ ގޮތެއް ހުރެއެވެ.
މުރާކީގެ ވެސް ވަރަށް ގިނަ ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ރާއްޖޭގައި ހުންނަނީ އެންމެ ވައްތަރެއްގެ މުރާއްކެވެ.
މުރާކިން ލިބޭ ސިއްހީ ފައިދާތައް
[އުނިއިތުރު ގެންނަވާ]މުރާކި ނުވަތަ ކެޕް ގޫސްބެރީއަކީ ޕެރޫން އައިސްފައިވާ މޭވާއެކެވެ. ސައުތު އެފްރިކާ، އިނގިރޭސިވީލަތް، އެމެރިކާ، ހަވާއީ، ކެރީބިއަން މިސްރު، ދެކުނު އެމެރިކާ، އިންޑިއާ، އޭޝިޔާ ޗައިނާ އަދި ނިއުޒިލެންޑުގައި ވެސް ހެދޭ މި މޭވާއަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އުފެދޭ މޭވާއެކެވެ. ބޭސްވެރިކަމުގެ ތާފަތު ބަލިތަކުގެ ޝިފާއަކަށް ވެސް މުރާކިވާ ކަމަށް ކަމުގެ މާހިރުން ބުނެއެވެ. ކްރޭންބެރީ ފަދަ މޭވާގާ ލާފަދަ ހުތްފޮނި ރަހައެއްލާ އެމޭވާއަކީ ސިއްހީ ގޮަތުން ގިނަ ބަލިތަކެއްގެ ފަރުވާއެކެވެ.
ބާރުގަދަ ވިހަ މާއްދާތައް ނައްތާލުން
[އުނިއިތުރު ގެންނަވާ]މުރާތްކަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާ މޭވާ އެކެވެ. އަންނާރާއި ބެރީއާއި ބޮރޮކޮލީ އަދި އާފަލަށް ވުރެ ރަނގަޅު ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ. ކާޑިއޯވަސްކިއުލާ ބަލިތަކާއި، ސްޓްރޯކް އަދި ކެންސަރު ފަދަ ބަލިތަކުން ދުރުވުމަށް މުރާކި މުހިއްމު ކަމަށް ދިވެހި ބޭސް ތައްޔާރު ކުރާ ފަރާތްތަކުން ވެސް ބުނެއެވެ.
ވިޓަމިންސް
[އުނިއިތުރު ގެންނަވާ]ވިޓަމިން އޭ އަދި ވިޓަމިން ބީ މުރާކިން ލިބޭއިރު އޭގެ ސަބަބުން ތިމާގެ މޫޑު ރަނގަޅުވެ ލޮލުގެ ފެނުމާއި ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށް އެހީވެދެއެވެ. އޭގެ އިތުރުން ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ޑީއެންއޭގެ ބައިތައް ވެސް ރަނގަޅުކޮށްދެއެވެ.
އެންޓި އިންފުލެމޭޓަރީ
[އުނިއިތުރު ގެންނަވާ]ތަންތާ ރިއްސުމާއި ދުޅުވުމާއި ތަންތަން ރަތްވުން ފަދަ ކަންކަމުން ދުރުވުމަށް މުރާކި އެހީވެއެވެ.
އެކުލެވޭ ބައިތައް
[އުނިއިތުރު ގެންނަވާ]މުރާކީގައި ޕޮޓޭސިއަމް އެކުލެވޭއިރު، ޕޮޓޭސިއަމްއަކީ ހަށިގަނޑުގައި ފެން ދައުރުކޮށްދިނުމަށް އެހީވާ މޭވާއެކެވެ. މުރާކީގައި ހިމެނޭ ޒިންކުއަކީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ އެއްޗެއް ވެސްމެއެވެ. އޭގެ އިތުރުން ފޮސްފަރަސްއާއި ކެލްސިއަމުގެ ސަބަބުން ކަށިތަކަށް ކެލްސިއަމް ލިއްބައިދެއެވެ. އަދި ދަގަނޑުގެ ސަބަބުން އެނިމިއާއިން ދުރުކޮށް މެގްނީޒިއަމްގެ ސަބަބުން އެންޒައިމްސް އުފައްދައިދިނުމަށް ވެސް މުރާކި މުހިއްމު ދައުރެއް އަދާ ކުރެއެވެ.
ކެންސާ
[އުނިއިތުރު ގެންނަވާ]ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މޭގެ ކެންސަރުން ދުރުކޮށްދިނުމަށް ވެސް މުރާކި އެހީވެދެއެވެ. ބެރީ ބޭނުން ކުރުމުން ކެންސަރުގެ އަސްލު ކަމުގައި ބައެއް ފަހަރު ފެންނަ ލަމްޕްސް ނުވަތަ ގޮށް ހެދުން ދަށްކޮށްދެއެވެ.
ލަންގް ޑިސީސް
[އުނިއިތުރު ގެންނަވާ]ހާއްސަކޮށް ނޭވާ ހިއްލުން ފަދަ ކަން ކަމަށް އެހީވެއެވެ. އަދި ހިއްކާފައި ހުންނަ މުރާކި ހޫނު ފެނަށް އަޅައިގެން ހަދާ ސަޔަކީ ވެސް ރަނގަޅު ފަރުވާއެއް ކަމަށް ވެއެވެ. ދުވާލަކު ތިން ފަހަރު އެސައި ބުއިމުން މެޔަށް ޖެހޭ ބަލިތަކުންނާއި އަރިދަފުސް ރޯގާ އަދި ހުމުން ވެސް ދުރުވުމަށް އެހީވެދޭ ކަމަށް ކަމުގެ މާހިރުން ބުނެއެވެ.
ކޮލެސްޓްރޯލް އަދި ޑައިބެޓިކްސް
[އުނިއިތުރު ގެންނަވާ]މުރާތްކަކީ ސޮލިއުބަލް ޕެކްޓިން ފައިބާ އެކުލެވޭ މާއްދާއެއް ހުންނަ އެއްޗަކަށް ވުމުން ކޮލެސްޓްރޯލު ދަށް ކުރުމަށް އެހީވެދެއެވެ. އަދި ހަކުރު ބަލި ހުންނަ މީހުންނަށް ވެސް އެމާއްދާގެ ސަބަބުން ލޭގައި ހަކުރުގެ ލެވެލް ދަށްކޮށްދިނުމަށް އެހީވެދެއެވެ.
ބަރުދަން ލުއިކުރުން
[އުނިއިތުރު ގެންނަވާ]މުރާތްކަކީ ސަރުބީއާއި ކެލްރީޒް މަދުން ހުންނަ މޭވާއަކަށް ވުމުން ބަރުދަން ލުއިކުރުމަށް އެހީވެއެވެ. 11 ގްރާމްގެ މުރާކީގައި ހުންނަނީ އެއްމެ 50 ކެލްރީޒްއެވެ. އޭގެ އިތުރުން މުރާތްކަކީ މީހާ ހާސްވުމުން ދުރުކޮށްދޭ އެއްޗެކެވެ. އަދި މުރާކި ފަތް ތަންތަން ދުޅަވުމާއި ރިހުމާއި ހަންފާރު ރަނގަޅު ކުރުމަށް ބޭނުން ކުރެއެވެ. އަދި ހަކަތައާއި ބުންވަރު އިތުރު ކޮށްދެއެވެ. މުރާކި ބޭނުން ކުރާއިރު ވިސްނާލަންވީ އެއްމެ މުހިއްމު ނުކުތާއަކީ ދޮންނުވާ މުރާކި ނުކެއުމެވެ. ނުވަތަ ބޭނުން ނުކުރުމަށެވެ. އެއީ ދޮންނުވާ މުރާކީގައި ބާރުގަދަ ވިހަ މާއްދާއެއް ހުންނާތީއެވެ.