މުށިތިކި އަލަތަނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ

މުށިތިކި އަލަތަނޑު (ސައިންޓިފިކް ނަން: Parapercis millepunctata)ނުވަތަ (އިނގިރޭސި ބަހުން: Brown spotted sand perch)އަކީ ރާއްޖޭގެ ފަރުތަކުގައި އެންމެ ގިނައިން އުޅޭ އަލަތަނޑުގެ ބާވަތެވެ. މިބާވަތުގެ މަސް އާންމުކޮށް އުޅެނީ ފަރުމަތީގައި ވެލިހުންނަ ހިސާބުތަކުގަޔާއި މުގުރިފައި ހުންނަ މުރަކަ ހުންނަ ހިސާބުތަކުގައެވެ. މިމަސް އެންމެ ބޮޑުވަނީ 20 ސެންޓި މީޓަރަށެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެއް ނޫންކަމުން މިބާވަތުގެ މަސް ހިފުމަށް ނުވަތަ ބޭނުމަށް ރާއްޖޭގައި ވަކި ޚާއްޞަ މަސްވެރިކަމެއް ކުރެވެމަކުން ނުދެއެވެ. މަހުގެ ކުލައަކީ ހުދުކުލަ އެވެ. މަހުގެ ހުރަހަށް ގުޅިފައި ހުންނަ މުށިކުލައިގެ ތިކިތަކެއް ހުރެއެވެ. މިތިކިތަކުގެ ތެރެއިން ތިރީގައި ހުންނަ ތިކިތައް އެހެން ތިކިތަކަށްވުރެ ބޮޑެވެ. މަހުގެ ނިގޫފަތުގައި ހުދުކުލައިގެ ލަފެއް ފާޅުކޮށް ފެންނަށް ހުރެއެވެ. މިބާވަތުގެ ފިރިހެން މަހުގެ ކަރުތާފަތުގެ މަތީގައި ފަނޑު ރޮނގުތަކެއް ހުރެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 4 ހަރުކައްޓާއެކު 21 މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 1 ހަރުކައްޓާއެކު 17 މަޑުކަށި ހުރެއެވެ. މިބާވަތުގެ އަލަތަނޑަށް ވަކި ޚާއްޞަ ނަމެއް ކިޔާކަމަށް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިގިރޭސި ނަމަށް ގުޅުވައިގެން މަހުގެ ސިފަޔަށް ވިސްނާ މުށިތިކި އަލަތަނޑު ކިޔާ ނަންދީފައިވަނީ އެވެ. .........