މުށިމަސް ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
މުށިމަސް ހަނދި

މުށިމަސް ހަނދި(ސައިންޓިފިކް ނަން: Carangoides gymnostethus)ނުވަތަ (އިނގިރޭސި ބަހުން: bludger trevally)އަކީ ރާއްޖޭގެ މަސްވެރިން މަދުމަދުން ބާނާ ހަނދީގެ ބާވަތެކެވެ. މިމަސް އެންމެ ބޮޑުވަނީ 90 ސެންޓި މީޓަރަށެވެ. އާންމު ގޮތެއްގައި މިބާވަތުގެ ހަނދި އުޅެނީ 20 މީޓަރަށްވުރެ ފުން ހިސާބު ތަކުގައެވެ. މިބާވަތުގެ ކުދި ހަނދި އައިން ހަދައިގެން ބައިބަޔަށް އެތެރެވަރީގެ ކަނޑުތަކުގައްޔާއި، އަތޮޅުގެ ބޭރުފަރާތުގައި އުޅެއެވެ. ބޮޑެތި އުޅެނީ އާއްމުކޮށް އެކަހެރިކޮށެވެ. މިއީ ރާއްޖޭގެ ސަރަހައްދުގައި މާގިނައިން އުޅޭ ބާވަތެއް ނޫންކަމުން ދިވެހި މަސްވެރިކަމުގައި މިބާވަތުގެ ހަނދި ގިނައިން ބޭނިފައެއް ނުހުރެއެވެ. ނަމަވެސް މަދުމަދުން ނަނުފައްތައިގެން ފުނުން ކުރާ މަސްވެރިކަމުގައްޔާއި، އަޑީގައި ލޭނުއަޅައިގެން ކުރާ މަސްވެރިކަމުގައި މިބާވަތުގެ ހަނދި ބޭނެއެވެ. މަހުގެ ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި، ބޯވަދިލަ މަހާއި، ކުދިމަހެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 28 އާއި 32 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 24 އާއި 26 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ ފެހިކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ހުދު ރިހިކުލައެއްގައެވެ. މަހުގެ ދެފަރާތުން އަރިމަތީގައި މުށި ނުވަތަ ރަންކުލައިގެ ތިކިތަކެއް ބައެއް ފަހަރު ފެންނަށް ހުރެއެވެ.