މީދާ މިޔަރު
މީދާ މިޔަރު (އިނގިރޭސި ބަހުން: Odontaspis ferox)ނުވަތަ (އިނގިރޭސި ބަހުން: Smalltooth sand tiger shark)އަކީ މިޔަރުގެ ވައްތަރެކެވެ. މިއީ އަތޮޅުން ބޭރުގައި މޫދުގެ އަޑީގައި 500-10 މީޓަރާއި ދެމެދުގެ ފުންމިނުގައެވެ. ބައެއް ލިޔުންތަކުގައި 13 މީޓަރާއި 420 މީޓަރާއި ދެމެދުގެ ފުންމިނުގައި ކަމަށް ވެސް ލިޔެފައި ހުރެއެވެ. މިބާވަތުގެ މިޔަރު އަތޮޅުގެ ބޭރު ފަރާތުން ފަރުތަކުގެ އަޑިއަށް ކެނޑިފައި ހުންނަ ހިސާބުގެ އަޑީގައި ދާއަޅައިގެން ކުރާ މަސްވެރި ކަމުގައި ހިފިފައި ހުރެއެވެ. މިބާވަތުގެ މިޔަރަށް މީދާ މިޔަރު އޭ ކިޔަނީ މިޔަރުގެ ސިފަ މީދަލާއި ވައްތަރު ކަމުންނެވެ. މިއީ ބިޔަ އަދި ބުރަހެލި ހަށިގަނޑެއް ލިބިފައިވާ މިޔަރެކެވެ. ތުންކޮޅު ހުންނަނީ އާދައިގެ ވަރަށް ދިގުވެފައި ކޮޅަށް އޫކޮށެވެ. ލޯވެސް އާދައިގެ ވަރަކަށް ބޮޑެވެ. އަނގައިގައި ހުންނަނީ ތޫނު ދިގު ދަތްތަކެކެވެ.
މީދާ މިޔަރު އަކީ ދުނިޔޭގެ ހޫނު ކަނޑުތަކުގައި އުޅޭ މިޔަރެކެވެ. މީދާ މިޔަރު އަށް ތެޔޮ މިޔަރު އޭ ވެސް ކިޔައެވެ. މިހެން ކިޔަނީ މިޔަރުގެ މޭގަނޑު ބޮޑުވެފައި އެއިން ގިނަ އަދަދަކަށް ތެޔޮ ނެގޭތީ އެވެ. ދިވެހި މަސްވެރިން މިބާވަތުގެ މިޔަރުގެ މޭގަނޑުން ތެޔޮހާނައިގެން އޮޑި ދޯނި ފަހަރަށް އަޅާ ކަމަށް ވެއެވެ. ތެޔޮ މިޔަރު އެންމެ ބޮޑުވާނީ 3.6 މީޓަރަށެވެ.
ތެޔޮ މިޔަރުގެ ކުލައަކީ އަޅި ކުލައެވެ. ބަނޑު ދަށްފަރާތުގައި ހުންނާނީ ފަނޑު ކުލައެކެވެ. ބައެއް ފަހަރު ތެޔޮ މިޔަރުގެ ހަށިގަނޑުގައި ލައްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާންމުކޮށް ދިވެހިން ކެއުމަށް ބޭނުންކުރާ މިޔަރެއް ނޫނެވެ. މިމިޔަރުގެ އާންމު ކާނާ އަކީ ކުދި މަހާއި، ބޯވަ ދިލަ މަހާއި، ޑިނގާ އެވެ. މީދާ މިޔަރުގެ އަނގައިގައި 4 ބަރިއަށް އެތުރި ފައި ހުންނަ ކުދި ދަތްތަކެއް ހުރެއެވެ. މިމިޔަރު އާއްމު ކޮށް ހުންނަނީ މަޑު އަޅި ކުލައަކަށެވެ. މީދާ މިޔަރު ކައި އުޅެނީ ކަށި ހުންނަ އެކި ފާނޑުގެ މަސްތަކެވެ. ދިވެހި ރާއްޖޭގެ ކަނޑުތަކުގައި ވެސް މިވައްތަރުގެ މިޔަރު އުޅޭކަން ފާހަގަ ކުރެވިފައި ވެއެވެ.