މިނިވަންކަން ލިބުނު ސޮއިކުރި ގަލަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ދިވެހިރާއްޖެ އަށް މިނިވަންކަން ލިބުނު އެގުރިމެންޓުގައި ދިވެހިރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ސޮއިކުރެއްވީ ރަން ޕުލޭޓުކުރި ޕާކަރު ގަލަމަކުންނެވެ. ޖުލައި 26، 1965 ގައި ދިވެހިރާއްޖެ މިނިވަންވުމުގެ އެގުރިމެންޓުގައި ސޮއިކުރެއްވި ގަލަންކޮޅު ލިބިވަޑައިގަތީ އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ބޭއްވުނު ވާހަކަތަކުގައި ބައިވެރިވެވަޑައިގަތް އެއްބޭފުޅަކު ކަމުގައިވާ ޢަބްދުއްސައްތާރު މޫސާދީދީ އަށެވެ.

އެދުވަހު އިބްރާހީމް ނާޞިރު އެގަލަންކޮޅު ޢަބްދުއްސައްތާރަށް ވެދުންކުރައްވަމުން ވިދާޅުވީ "މިއީ ޢަބްދުއްސައްތާރަށް" މިހެންނެވެ. އޭގެ ފަހުން އެތަކެއް އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އެގަލަންކޮޅު އަދިވެސް އޮތީ ޢަބްދުއްސައްތާރު މޫސާދީދީގެ އަތްޕުޅުގައެވެ.