މާ ރޮނޑު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
މާ ރޮނޑު

މާ ރޮނޑު (އިނގިރޭސި ބަހުން: Balistoides viridescens)ނުވަތަ (އިނގިރޭސި ބަހުން: titan triggerfish) އަކީ ރާއްޖޭގެ ފަރުފަޅުތަކުގަޔާ ވިލުތަކުގައި ގިނައިއުޅޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. ދުވާލު ނަނުފައްތައިގެން ކުރާ ކެޔޮޅު ކަމުގައި މާ ރޮނޑު ބޭނެއެވެ. މިއީ ދަތްތައް ވަރުގަދަ، ހަށިގަނޑު ބޮޑު މަހެކެވެ. މިއީ މަސްމަހާ މެހީގެ ތެރެއިން ގަދަފަދަ ކަމަށް މަޝްހޫރު މަހެކެވެ. މާ ރޮނޑަކީ އެސޮރުގެ ބިސްހާލި ރައްކާތެރިކަމާއެކު ބަލަހައްޓާ ގާޑްކުރަމުން ބިސް ވިއްސާ މަހެކެވެ. މިގޮތުން ހާލި ބަހައްޓާއިރު އެހެނިހެން މަސްމަހާ، އަދި ބައެއް ފަހަރު މޫދަށްއެރިއުޅޭ ފީނުންތެރިންނަށް ޙަމަލާދީ އުޅެއެވެ.

ބިސް ރޮނޑުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކައްޓާއެކު 24 އާއި 26 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 23 އާއި 24 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. މަހުގެ ލޮލުގެ ކުރީގައި ކުޑަކޮށް އަޑިވުމެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި 4 ނުވަތަ 6 ކަށި ހުޅުނބު ރޮނގުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ފެހި ރީނދޫ އަދި މުށި ކުލައެކެވެ. ތުނބުގެ މަތިން ފެށިގެން ލޯ ހުރަސްކޮށް ގަދަ ރޮނގެއް ފާޅުކޮށް ފެންނަށް ހުރެއެވެ. މަހުގެ މޫނު މައްޗާއި، ކޮތަރިތައް ހުންނަނީ ރީނދޫ ކުލައިގައެވެ. މަހުގެ ކާނާގެ ގޮތުގައި ކަކުނި ފާނޑުގެ ސޫތްޕާއި، ހިޔަމައާއި، ގަލުގައި އެކުލެވޭ ދިރުންތަކާއި، ބޮލީގެ ބާވަތްތައް ކައި އުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 75 ސެންޓިމީޓަރަށެވެ.