މާގަނޑު މަސް

ވިކިޕީޑިއާ އިންވިކިޕީޑިއާ
މާގަނޑު މަސް

މާގަނޑު މަސް(އިނގިރޭސި ބަހުން: Amphiprion clarkii)ނުވަތަ (އިނގިރޭސި ބަހުން: Yellowtail clownfish) އަކީ ހޫނު ގައުމުތަކުގެ މޫދާއި، އަދި ބޭރު ފަރުތަކުގައި ހުންނަ ގާތަކުގައިވާ މާގަނޑުތަކުގައި ދިރިއުޅޭ ރީނދޫ ކުލައިގެ ނިގުލެއް ލައިފައި އިންނަ ކުޑަ މަހެކެވެ. އިންޑިޔާ ކަނޑު، ޕެސިފިކް ކަނޑު، ހުޅަގު އޮސްޓްރޭލިޔާ، ޖަޕާން، ޓައިވާން، ފަދަ ގައުމުތަކުގެ މޫދު ތަކުގައި މިމަސް އުޅޭކަން ފާހަގަ ކުރެވެއެވެ.

މާގަނޑު މަހުގެ ހަށިގަނޑު އިންނަނީ ކަޅު ކޮށެވެ. ހަށިގަނޑުގެ ދެހިސާބަކުން ހުދުކުލައިގެ ދެ ރޮނގު ދެމިފައިވެއެވެ. އަދި ނިގުލާއި، ކޮތަރި ގަނޑުތައް ހުންނަނީ ރީނދޫ ކުލައިގައެވެ. މަހުގެ ނިގޫ ބައެއް ފަހަރު ހުދުކުލައަށް ހުރެދާނެއެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ނިގުލު ގެ ކުލަ ހަށިގަނޑުގެ އެހެން ބައިތަކުގެ ކުލައަށްވުރެ ފަނޑުވާނެއެވެ.