މާވަށް

ވިކިޕީޑިއާ އިންވިކިޕީޑިއާ

މާވަށަކީ ހައްދުންމަތީގެ އެންމެ ހުޅަނގަށް އޮންނަ ރަށެވެ.ރަށް އޮންނަ މިސްރާބަކީ ލޮނގިޓިއުޑުން 73ދަރަޖަ 14 ދަގީގު 30ސާނިއާއެވެ. ލެޓިޓިއުޑުން 01 ދަރަޖަ 03 ދަގީގު 10 ސާނިއާއެވެ. މާވަށަށް ދެވިފައިވާ ރަމްޒަކީ O7 އެވެ. މާވަށުގެ ބޮޑުމިނަކީ 31.80 ހެކްޓަރެވެ. އެއީ ދިގުމިނުގައި 100މީޓަރު އަދި ފުޅާމިނުގައި 800 މީޓަރެވެ. ރާއްޖޭގެ ވެރިކަންކުރާރަށް މާލެއާއި މާވަށާއި ދެމެދު ހުންނަނީ 252.37 ކިލޯމީޓަރެވެ.

އާބާދީ: މާވަށުގެ އާބާދީއަކީ 1676 އެވެ.އެއީ 18 އަހަރުން ދަށުގެ 333 ފިރިހެންކުދިންނާއި 315 އަންހެންކުދިންނާއި، 18 އަހަރާއި 65 އަހަރާ ދެމެދުގެ 472 ފިރިހެނުންނާއި 477 އަންހެނުންނާއި، 65 އަހަރުން މަތީގެ 43 ފިރިހެނުންނާއި 36 އަންހެނުންނެވެ.

އާމްދަނީ ހޯދުމަށް ކުރާމަސައްކަތް: އާމްދަނީ ހޯދުމުގެ ގޮތުން ކޮށްއުޅޭ އެންމެ އާއްމު މަސައްކަތަކީ މަސްވެރިކަމެވެ. ( މީގެ ތެރޭގައި ބޮޑުކަންނެލީގެ މަސްވެރިކަމާއި ދޮށީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި މަސް ކައްކާ ހިއްކުމާއި ލޮނުމަސް އެޅުން ފަދަމަސައްކަތްތައް ކުރެއެވެ.) މީގެ އިތުރުންވެސް އިމާރާތްކުރުމާއި ވިޔަފާރިކުރުމާއި ރޯނުވެށުންފަދަ މަސައްކަތްތަށް ކުރެއެވެ.

ރަށު އޮފީހުގެ ފޯނު ނަމްބަރަކީ6800718 960 +އެވެ.