މާއަވަހަށް މަނިބޭރުވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

މާއަވަހަށް މަނިބޭރުވުން(Premature Ejaculation) ނުވަތަ އަވަހަށް ވެރުމަކީ ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ މައްސަލަ އެކެވެ. މިއީ ފިރިހެނުންގެ މެދުގައި ވަރަށް އާންމު މައްސަލަ އެކެވެ. ފިރިހެނުންގެ ތެރެއިން ކޮންމެ 3 މީހުންކުރެ އެކަކަށް މިމައްސަލަ އުމުރުގެ ކޮންމެ ވެސް ހިސާބެއްގައި ދިމާވާކަން ފާހަގަ ކުރެވެއެވެ. އަވަހަށް ވެރުމޭ ބުނެވެނީ އަންހެނާގެ ފަރުޖުގައި ފުރަހަ (ފިރިހެން ހަށި / ފިރިހެނާގެ ޖިންސީ ގުނަވަން) ބީހިލުމާއެކު،(ޖިންސީގުޅުން ހިންގަން ފެށުމުގެ ކުރިން) މަނިބޭރުވުމަށް ނިސްބަތްކޮށެވެ. ނުވަތަ ފަރުޖުގެ ތެރެއަށް ފިރިހެން ހަށި ފޯރާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަނިބޭރުވުމަށް ނިސްބަތް ކޮށެވެ. ޖިންސީ ގުޅުން ހިންގުމަށް ތައްޔާރުވުމުގެ ކުރިން އެކަކު އަނެކަކާއި ލޯބި ކުރުމުގެ ތެރޭގައި ފިރިހެން ހަށީގައި ވަރުޖެހި، ޖިންސީ ގުޅުން ހިންގަން ފެށުމުގެ ކުރިން މަނިބޭރުވުމަކީ ވެސް މިފަދަ ކަމެކެވެ. އަވަހަށް މަނިބޭރުވުމަކީ އެކަމުގެ ސަބަބުން ފިރިހެން މީހާ އަށާއި، އަންހެން މީހާ އަށް ވެސް ނުތަނަވަސްކަން މެދުވެރިކުރުވާނޭ ކަމެކެވެ. އެހެނީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ދެމަފިރިން އެކުއެކީގައި ކުންނަށް ވާޞިލްވެގެންމެނުވީ އޭގެ އެންމެ ފުރިހަމަ ގޮތުގައި ޖިންސީ ލައްޒަތު ޙާޞިލްވުމަކީ ވާނޭ ކަމެއް ނޫނެވެ. މިޒަމާނުގައި އަވަހަށް މަނިބޭރުވުން ސިފަކުރެވެނީ ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ ބަލިކަށިކަމެއްގެ ގޮތުގައެވެ. ކޮންމެ ފިރިހެނަކަށްމެ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން މިފަދަ މައްސަލަތަކާއި ކުރިމަތިލާންޖެހުމަކީ ވެދާނެ ގޮތެކެވެ.