މާރެހި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
މާރެހި

މާރެހި (އިނގިރޭސި ބަހުން: Amblygaster leiogaster)ނުވަތަ (އިނގިރޭސި ބަހުން: Smooth-belly sardinella)އަކީ ރާއްޖޭގެ ފަޅުތަކުގައި ވަރަށް މަދުން އުޅޭކަމަށް ރިކޯޑް ކުރެވިފައިވާ މަހެކެވެ. މިހާތަނަށް ރާއްޖެއިން ރިކޯޑް ކުރެވިފައިވަނީ މިބާވަތުގެ އެންމެ ދެމަހެވެ. އޭގެތެރެއިން އެއް މަހަކީ މެރިން ރިސާޗް ސެންޓަރުން ވިލުގައި ދާއަޅައިގެން ކުރި ތަޖްރިބާކުރުމުގެ މަސްވެރިކަމެއްގެ ތެރޭގައި ހިފިފައިވާ މަހެކެވެ. އަނެއް މަހަކީ ކަނޑުމައްޗަށް އަލިކޮށްގެން އެން ހިފުމުގެ ތެރޭގައި ގދ. އަތޮޅުގެ މަސްވެރިންނަށް ހިފިފައިވާ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 23 ސމ ކަމަށް ވިޔަސް އާންމުކޮށްފެންނަނީ 15 ސމ އަށްވުރެ ކުދިމަހެވެ. މިބާވަތުގެ މަސް އާންމުކޮށް އުޅެނީ ކުދި އައިން ހަދައިގެން ފަޅުމަތީ ގައެވެ.

މަހުގެ ކަތްފަތް ގަނޑުގައި 8 މަޑުކަށި ހުރެއެވެ. މިއީ ހިމަ ދިގުކޮށް ރެހީގެ ސިފަޔަށް ހުންނަ އެއާއިލާގެ މަހެއް ކަމުން މިމަހަށް ކިޔާފައިވާ ވަކި ޚާއްޞަ ނަމެއް ނެތުމާއެކު މިމަހަށް މާރެހި ކިޔާފައި ވަނީ އެވެ. މަހުގެ ބުރަކަށި މަތީގެ ކުލައަކީ ނޫފެހި ކުލައެވެ. މަހުގެ އަރިމަތި ހުންނަނީ ރިހި ކުލައެއްގައެވެ. ބުރަކަށި މަތީ ކޮތަރި ބައި ހުންނަނީ ފުސް ކުލައެއްގައެވެ.