މާރަންދޫ ގަނޑުވަރު ތުއްތު މަނިއްޕުޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

މާރަންދޫ ގަނޑުވަރު ތުއްތު މަނިއްޕުޅު އަކީ އަލްއަމީރު އިސްމާޢީލް ތުއްތު މަނިއްޕުޅު އެވެ. ގިނައިން އުޅުއްވީ ދިވެިރާއްޖެއިން ބޭރުގައެވެ. ގާނޫނު އަސާސީ އިޢްލާން ކުރެއްވި ދަރުބާރުގައި ރަދުންގެ ކަނާތް ފަރާތުގައި އިންނެވީ މިމަނިއްޕުޅެވެ. އުރުދޫ އިގިރޭސި ބަސް ދެނެވަޑައިގަންނަވާ ހިތްޕުޅު ހެޔޮ ތަޢުލީމީ ބޭފުޅެކެވެ. ފުރުއްވި ސަރުކާރުގެ މަގާމަކީ ހަތް ދަށުގެ ޢިއްޒަތް އެވެ. އެއީ ޝާހީ ޢާއިލާގެ އެންމެ މަތީ ޢިއްޒަތާއި ޝަރަފް އެވެ.

އަޚުންނާއި އުޚުތުން[އުނިއިތުރު ގެންނަވާ]

  • އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުން
  • އަލްއަމީރު ޢަލީ މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅު
  • އަލްއަމީރު އާގަނޑުވަރު މަނިއްޕުޅު
  • އަލްއަމީރު މައްޗަށްގޮޅީ ގަނޑުވަރު މަނިއްޕުޅު
  • އަލްއަމީރާ ޙަލީމާ ނޫރައްދީން (މާކިލާފާނު ގަނޑުވަރު ގޮމާ)

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006