މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅު އަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން އިސްކަންދަރުގެ އަލް އަމީރު މާރަންދޫ ގަނޑުވަރު ދޮށީ މަނިއްޕުޅު އެވެ. ޝަމުސުއްދީން ރަސްކަމުގެ މިމަނިއްޕުޅުގެ އާލާސްކަންފުޅު ބޮޑުކަމުން ޙަކީމުންނާއި ޑޮކްޓަރުން ލައްވާ ބޭސްކުރުމަށް އިންޑިޔާގެ ލަކަނޫ އަށް ވަޑައިގަތުމަށް ފުރާ ވަޑައިގަތީ 14 ރަބީޢުލް އާޚިރު 1343 ގައެވެ. އެރަށުގައި ބޭސް ކުރައްވަން ހުންނަވާފައި ފަސޭހަވެ ރަގަޅުވެގެން މާލެ ވަޑައިގަތީ 22 ޖުމާދިލް އާޚިރު 1345 ގައެވެ. އެދުވަސްވަރު އިންޑިޔާގައި އުރުދޫ ބަސް ދަސްކުރެއްވި އެވެ. ލިބިވަޑައިގަތް މަގާމަކީ ޝާހީ ހަތް ދަށުގެ ޢިއްޒަތްތެރިކަން އެވެ. އެއީ 1902 ން 1932 އަށެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006