Jump to content

މަޙާޒު ޢަލީ ޒާހިރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު
މަޙާޒު ޢަލީ ޒާހިރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
މަޤާމުގައި
4 ނޮވެންބަރު 2019  14 މޭ 2025
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙު
މުޙައްމަދު މުޢިއްޒު
އުއްތަމަ ފަނޑިޔާރުއަޙްމަދު މުޢުތަޞިމް ޢަދުނާން
ފަހުން ވަޑައިގަތީ
ޑްރަގް ކޯޓުގެ ޤާޟީ
މަޤާމުގައި
2011–2019
ރައީސްމުޙައްމަދު ނަޝީދު
ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
އިބްރާހީމް މުޙައްމަދު ޞާލިޙު
ފަހުން ވަޑައިގަތީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރ
މަޤާމުގައި
2008–2011
ޕްރޮސިކިއުޓަރ ޖެނެރަލްއަޙްމަދު މުޢިއްޒު
ފަހުން ވަޑައިގަތީ
ބަންޑާރަ ނާއިބުގެ އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓަރނީ
މަޤާމުގައި
17 ފެބުރުވަރީ 2008  7 ސެޕްޓެންބަރު 2008
އުފަންވީ (1984-08-31) 31 އޯގަސްޓް 1984 (41 އަހަރު )
ގދ. މަޑަވެލި، ދިވެހިރާއްޖެ
މަތީތަޢުލީމުމޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1984 އޮގަސްޓު 31ވަނަ ދުވަހު ގދ. މަޑަވެއްޔަށެވެ. އެ މަނިކުފާނަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. އެ ގޮތުން 2007ވަނަ އަހަރު އޭރުގެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން (މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ) ގައި ބެޗްލަރ އޮފް ލޯސް ޙާޞިލުކުރައްވައިފައިވެއެވެ. 2010ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި މާސްޓަރ އޮފް ކޮމްޕަރެޓިވް ލޯސް ޙާޞިލުކުރައްވައިފައިވެއެވެ.

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިވަޑައިގަތީ 2007ވަނަ އަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.ޤާނޫނީ ދާއިރާގައި އަދާކުރެއްވި ވަޒީފާތަކަށް ބަލާއިރު 2008 ފެބުރުވަރީ 17 އިން 2008 ސެޕްޓެންބަރު 7 އަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ޖިނާއީ މައްސަލަތަކާ ބެހޭ ސެކްޝަނުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ ވަޒީފާ އަދާކުރެއްވިއެވެ. 2008ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާއިމުވެ، ބަންޑާރަ ނާއިބުގެ އޮފީހުން ކުރަމުން އައި ޖިނާއީ މައްސަލަތަކާ ބެހޭ މަސައްކަތްތައް، އެ އޮފީހަށް ބަދަލުވުމާ އެކު، އެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމަށް ބަދަލުވެ ވަޑައިގެންނެވިއެވެ. މި ވަޒީފާގައި އުޅުއްވި އިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުގައި ވަކާލާތުކުރައްވައިފައިވެއެވެ. އަދި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރެއްވުމުގެ އިތުރަށް އެ އޮފީހާ ގުޅުން ހުރި މުހިންމު ޤާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތްތައް ކުރައްވައިފައިވެއެވެ.

2011 ޑިސެންބަރު 31ވަނަ ދުވަހު ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ތަޞްދީޤުކުރެއްވުމާ ގުޅިގެން، އުފެދުނު ޑްރަގް ކޯޓަށް އަލަށް ޢައްޔަންކުރެއްވި 5 ޤާޟީންގެ ތެރޭގައި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ހިމެނިވަޑައިގެންނެވިއެވެ. އަދި އެ ކޯޓު އެންމެ ފުރަތަމަ ހިންގުމާ ހަވާލުވެ ހުންނެވި ޤާޟީއެއްގެ ހައިސިއްޔަތުން މަސައްކަތްކުރައްވައި، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން އެ ކޯޓުން އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި، އުޞޫލުތަކާއި، މި ނޫން ވެސް ކޯޓުގެ މަސައްކަތްތައް ފެށުމަށް ޓަކައި ފުރިހަމަކުރަން ޖެހޭ އެންމެހައި މަސައްކަތްތަކުގައި އިސް ދައުރެއް އެ މަނިކުފާނު އަދާކުރައްވައިފައިވެއެވެ.

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން 2019 ނޮވެންބަރު 4ވަނަ ދުވަހުން ފެށިގެން 2025 މޭ 14ވަނަ ދުވަހުގެ ނިޔަލަށް އަދާކުރައްވައިފައެވެ.

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު  ބައިވެރިވެވަޑައިގެންނެވި މުހިންމު ފަންނީ ބައެއް މަސައްކަތްތައް

[އުނިއިތުރު ގެންނަވާ]

• 2008ވަނަ އަހަރު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ޤާނޫނުއަސާސީ ތަޞްދީޤުކުރެއްވުމަށް ޓަކައި ބޭނުންފުޅުވާ ތަޞްދީޤު ލަފާ ތައްޔާރުކުރުމަށް ޓަކައި، ބަންޑާރަ ނާއިބު އެކުލަވައިލެއްވި ޤާނޫނީ ޓީމުގައި ޤާނޫނުއަސާސީ ދިރާސާކޮށް، ތަޞްދީޤު ލަފާ ތައްޔާރުކުރުމުގެ މަސައްކަތް.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 2008ވަނަ އަހަރު ތަޞްދީޤުކުރުމާ ގުޅިގެން ޤާނޫނުއަސާސީގެ 299ވަނަ މާއްދާގެ (ށ) ގެ 1ވަނަ ނަންބަރުގެ ދަށުން، އެ އިރު ރާއްޖޭގައި ޢަމަލުކުރަމުން ދިޔަ ޤާނޫނުތަކުގެ ތެރެއިން ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނުތަކަކީ ކޮބައިކަން ދެނެގަނެ، އެ މާއްދާގެ ދަށުން ދައުލަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ހުށަހެޅުން ތައްޔާރުކުރުމަށް ޓަކައި، ޤާނޫނުއަސާސީ ތަޞްދީޤުކުރުމާ ހަމައަށް ރާއްޖޭގައި ޢަމަލު ކުރަމުންދިޔަ އެންމެހައި ޤާނޫނުތައް ދިރާސާކުރުމަށް ބަންޑާރަ ނާއިބު އެކުލަވައިލެއްވި ޤާނޫނީ ޓީމުގައި މަސައްކަތްކުރުން.

• ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ޕްރޮސިކިއުޝަން ގައިޑްލައިން ޑްރާފްޓްކުރުން.

• 2011ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މަސްތުވާތަކެއްޗާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް، އަލުން އެކުލަވައިލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

• ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ ދަށުން އުފެދުނު ޑްރަގް ކޯޓުގެ މަސައްކަތް ފެށުމަށް ޓަކައި ބޭނުންވާ، ޤަވާޢިދުތަކާއި، އުޞޫލުތައް ޑްރާފްޓްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވުން.

• ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޝާއިޢުކުރައްވައިފައިވާ "ޝަރީޢަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާޢިދު" ޑްރާފްޓްކުރުމުގެ މަސައްކަތް.

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ޝާއިޢުކުރައްވައިފައިވާ ޢިލްމީ ލިޔުންތައް

[އުނިއިތުރު ގެންނަވާ]

ޤާނޫނުއަސާސީގެ 271ވަނަ މާއްދާ: ޤާނޫނުން ބާރު ލިބިގެން ހަދާ ގަވާއިދާއި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 1، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2013

• އަސާސީ ޙައްޤުތަކާއި މިނިވަންކަން ގައިދުކުރާ ނިޒާމުތަކާއި، އަސާސީ ޙައްޤުތަކުގެ ބާރުވެރިކަމުގެ ކުރު ޝަރަޙައެއް، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 2، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2013

• ޖުޑީޝަލް ކައުންސިލް އުވައިލުން، މޯލްޑްވިސް ލޯ ރިވިއު، ވޮލިއުމް 3، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2013

އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ލިޔުއްވައިފައިވާ ފޮތްތައް

[އުނިއިތުރު ގެންނަވާ]

• މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ އަލީގައި މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭ 106 ސުވާލާއި، ޖަވާބު، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2014

• ޤާނޫނު ނަންބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މަގެއް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2015

• މަސްތުވާތަކެއްޗަށް ދެވިހިފުން: ސައިންސްގެ އަލީގައި، ޖާރނީ، 2016

• ކީރިތި ޤުރްއާން ހިތުން ދަސްކުރާނެ ގޮތުގެ 10 ފިޔަވަޅު، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ ބަރުކަޒު، 2016

• ހެކީންގެ ހެކިބަސް - އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ޤަޟިއްޔާތައް، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، 2018

https://web.archive.org/web/20240919211025/https://supremecourt.mv/justicedetails/mv-justice-mahaz