މަސް ފާނަ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މަސް ފާނަ

މަސް ފާނަ (ސައިންޓިފިކް ނަން: Cephalopholis argus)ނުވަތަ (އިނގިރޭސި ބަހުން: Peacock grouper)އަކީ ރާއްޖޭގެ އެތެރެވަރީގެ ފަރުފަރުގެ ގާތަކުގެ ނިވަލުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. ދިވެހި މަސްވެރިން ދަންނަ ނަނު ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައަދަދަކަށް ހިފޭ މަހެކެވެ. ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. ރާއްޖޭގެ ފަޅުފަޅާއި، މުރަތަކަތަކުގެ ތެރޭގައި ރީތި ހަރަކާތްތަކެއް ގެންގުޅޭ މިރީތި މަހަކީ ވަރަށް ގިނަ މީހުން ދަހިވެތިވާ މަހެކެވެ.

މަސް ފާނައިގެ މަތީ ކޮތަރި ބަޔާއި، ބަނޑުދަށް ފަރާތު ކޮތަރިބައިގެ ކަށިތަކަށްވުރެ އެކޮތަރިބައިގެ މަޑުކަށިތައް ދިގުވާނެއެވެ. މަހުގެ ކަރުތާފަތްގަނޑުގެ ތިރީގައި ހުންނަ ކޮތަރިބައި، މަހުގެ ބޮލުގެ ދިގުމިނުގެ ½ ވުރެ ދިގުކަމަށް ދައްކައެވެ. މިމަހުގެ ކުލައަކީ ގަދަމުށި ކުލައެވެ. މަހުގެ އަރިމަތިން ދެފަރާތުގައި ގާތްގަނޑަކަށް 7 ހުރަސް ރޮނގު ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ ކޮތަރިބައިތަކާ އެކު މުޅި މަހުގައި ހުންނަނީ ނޫކުލައިގެ ތިކިތަކެއް ޖަހާފައެވެ. އަދި އެތިކި ތަކުގެ ކައިިރިފަށް ހުންނަނީ ކަޅުކުލައިގައެވެ.