މަސްޢޫދު ޕެޒެޝްކިއަން
މަސްޢޫދު ޕެޒެޝްކިއަން | |
---|---|
އިރާނުގެ އިންތިޙާބީ ރައީސް | |
ކުރިން ވެރިކަން ކުރެއްވީ | މުހައްމަދު މުޙްބާރު |
އުފަންވީ | 29 ސެޕްޓެމްބަރ 1954 (އުމުރުން 69 އަހަރު) މަހާބާދު ,އިރާނު |
ދަރިން | 4 |
ސިޔާސީ ޕާޓީ | މިނިވަން |
މަސްޢޫދު ޕެޒެޝްކިއަން އަކީ އިރާނުގެ ސިޔާސީ އަދި ކާރޑިއަކް އޮޕަރޭޝަން ޑޮކްޓަރެކެވެ. 2024 ވަނައަހަރު އީރާނުގައި ބޭއްވި ރިޔާސީ އިންތިހާބުގައ ވާދަކުރައްވާ އެންމެ ގިނަ ވޯޓު ހޯއްދަވައި އެއިންތޙބު ކާމިޔާބު ކުރެއްވި އެވެ. އިރާނުގެ ރައީސްގެ ގޮތުގައި އޭނާ ޤާނޫނީ ހުވައިކުރައްވާނީ 30 ޖުލައި 2024 ގައެވެ.
މީގެކުރިން ތަބުރިޒް، އޮސްކު އަދި އަޒަރޝްއަޙަރ އަވަށް، އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ތަމްސީލްކުރި ޕެޒެޝްކިއަން ވަނީ 2016 އިން 2020 ވަނަ އަހަރާއިހަމައަށް މަޖިލީހުގެ ފުރަތަމަ ނާއިބު ރައީސްކަން ކުރައްވާފައެވެ. މީގެކުރިން 2001 ވަނަ އަހަރުން 2005 ވަނައަހަރަށް އޭނާ ވަނީ ސިއްޙީ ކަންތަކާ ބެހޭ ވަޒީރުންގެ މަޖިލީހުގައި، ރައީސް މުހައްމަދު ޙަތަމީގެ ސަރުކާރުގައި މަސައްކަތް ކުރައްވާފައެވެ.
އިރާނުގެ ހުޅނގު އަޒަރުބައިޖާން އަވަށުގެ ގަވަރުނަރުގެ ގޮތުގައި 1980 ވަނަ އަހަރުތަކުގެ ތެރޭގައި މަސައްކަތް ކުރި އޭނާ ވަނީ 2013 ވަނައަހަރު އީރާނުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު ފުރާފައެވެ. ނަމަވެސް އެއަހަރު ކެނޑިޑެސީ އަނބުރާ ގެންގސްފައިވެއެވެ. އަދި 2021 އަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށައެޅުމުން، އިރާނުގެ ސަރުކާރުން އެއަހަރު އޭނާގެ ކންޑިޑެސީ ބާތިލްކުރިއެވެ.
ހުވަފެންތަކަށް ބުރޫ ނައަރާ، އުންމީދު ދޫނުކޮށް ތިންވަނަ ފަހަރަކަށް 2024 ވަނައަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 54.76 އިންސައްތައިން ވާދަވެރިޔާ ސަޢީދު ޖަލީލީ ބަލިކުރައްވައި އިންތިހާބުގެ ދެވަނަބުރުގައި ކާމޔާބު ކުރެއްވިއެވޭ.