Jump to content

މަސްތަކާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މަސްތަކާ ގަސް

މަސްތަކާ(ސައިންޓިފިކް ނަން: Pistacia lentiscus) އަކީ ދުން އެޅުމާއި ބޭސް ހެދުމުގައި ބޭނުންކުރާ މީރުވަހެއް ދުވާ މަޑު ރީނދޫ ކުލައެއްގެ އެއްޗެކެވެ. މިއީ ގަހެއްގެ ހިކިކިރެވެ. މަސްތަކާ އުފެދެނީ ނުވަތަ ނަގަނީ މަސްތަކާ ގަސް ގެ ލަކުޑި ގަނޑުންނެވެ. މަސްތަކާ ބޭނުންކޮށްގެން ތެޔޮ ވެސް ތައްޔާރު ކުރެއެވެ.

ބަނޑުގައި ރިހުން ކުޑަކޮށް މައިދާ ހަމައަކަށް އެޅުވުމަށްޓަކައި މަސްތަކާ އަނގަޔަށް ލައިގެން ހަފައި ހަދައެވެ. މެދުތެރޭ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މީހުން މަސްތަކާ ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ހަޖަމުކުރާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންކޮށްފައި ވެއެވެ. 1985 ގައި ހެދިފައިވާ ދިރާސާއެއް ބުނާގޮތުން މަސްތަކާ އަކީ އަނގައިގައި އުފެދޭ ކޮބަޑީގެ މިންވަރު ކުޑަކޮށްދޭ އެއްޗެކެވެ. 1998 ގައި ހެދުނު ދިރާސާ އެއް ދައްކާ ގޮތުން މަސްތަކާ ތެލުގައި ބެކްޓީރިޔާ އަދި ފަންގަސް އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިގެން ވެއެވެ. މާނައަކީ އެފަދަ ތަކެތި ނެތިކޮށްލުމުގެ ގާބިލިއްޔަތު މަސްތަކާ ތެލުގައި އެކުލެވިގެން ވެއެވެ.


މަސްތަކާ